20 އޮކްޓޯބަރ 2019
ޓިއުރިން (އޮކްޓޯބަރު 20) – އުމުރުން 41 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ އެހީއާ އެކު ރޭ ބޮލޯނިއާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
ޓިއުރިން (އޮކްޓޯބަރު 20) – އުމުރުން 41 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ އެހީއާ އެކު ރޭ ބޮލޯނިއާ އަތުން އަމިއްލަ ދަނޑުގައި 2-1 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
އެ ޓީމު 22 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި 18 ޕޮއިންޓާ އެކު އޮތް އިންޓަ މިލާނަށް މިއަދު ހަވީރު ސަސުއޮލޯ އަތުން މޮޅުވެގެން ތަފާތު ކުޑަކުރެވޭނެ އެވެ.
ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޮ ވަނީ ޔުވެންޓަސް އަށް ލީޑު ނަގައިދީފަ އެވެ. އެކަމަކު 26 ވަނަ މިނެޓުގައި ބޮލޯނިއާގެ ޑަނީލޯ އެ ޓީމަށް އެއްވަރުކޮށްދިނެވެ. ޔުވެންޓަސް އަލުން ކުރި ހޯދީ 54 ވަނަ މިނެޓުގައި މިރެލަމް ޕިޔަނިޗް ޖެހި ގޯލުންނެވެ. އެކަމަކު ޔުވެންޓަސް މޮޅުވުމުގެ ޝުކުރު ބުފޮން އަށް ހައްގުވެ އެވެ. އޭނާ ވަނީ ބޮލޯނިއާގެ ފެޑެރިކޯ ސެންޓަންޑާ އޯވާހެޑް ކިކަކުން ފަހު ވަގުތު ފޮނުވާލި ނުރައްކާތެރި ބޯޅައެއް މަތަކޮށްފަ އެވެ. އެއް ސީޒަނުގައި ޕީއެސްޖީ އަށް ކުޅުމަށް ފަހު އެނބުރި އައި ބުފޮން އަށް މި ސީޒަނުގައި ފުރުސަތު ލިބޭ މަދު މެޗުތަކުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ތާވަލުގެ ތިން ވަނައިގައި 17 ޕޮއިންޓާ އެކު އޮތް އެޓަލަންޓާ އަށް ދެ ވަނަ އަށް އަރަން އިއްޔެ ފުރުސަތު ލިބުނެވެ. އެކަމަކު އެ ޓީމުން ރަށުން ބޭރުގައި ލާޒިއޯ ކޮޅަށް ތިން ލަނޑު ޖަހާފައި އޮއްވާ ލާޒިއޯ އިން ފަހަތުން އަރައި ފަހު ވަގުތު އެއްވަރުކުރީ އެވެ. ލުއިސް މުރިއެލްގެ ދެ ގޯލާއި އަލެހަންދްރޯ ގޯމޭޒްގެ ލަނޑުން އެޓަލާންޓާ ކުރީގައި އޮއްވާ 69 ވަނަ މިނެޓުގައި ލާޒިއޯގެ ތަފާތު ކުޑަކޮށްދިނީ ޕެނަލްޓީ އަކުން ޗީރޯ އިމޮބިލޭ އެވެ. މިނެޓެއް ފަހުން ދެ ވަނަ ގޯލް ޖެހީ ޔޯކިމް ކޯރެއާ އެވެ. ލާޒިއޯ އަށް އެއްވަރުކޮށްދިނީ ފަހު ވަގުތު ޕެނަލްޓީއަކުން އިމޮބިލޭ އެވެ.
އެޓަލާންޓާ އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ ނަގައި ނަޕޯލީން ވަނީ، ރޭ ހެލަސް ވެރޯނާ އަތުން 2-0 އިން މޮޅުވެ އެ ޓީމާ އެއް ޕޮއިންޓަށް ގާތްކޮށްފަ އެވެ. ނަޕޯލީ ހަތަރު ވަނައިގައި އޮތީ 16 ޕޮއިންޓާ އެކު އެވެ.
ބުފޮން އަށް ރެކޯޑެއް، ޔުވެންޓަސް އަށް ބޮޑު ލީޑެއް
މި ފަހަރު ޔުވެންޓަސް އަށް ފަސޭހައެއް ނުވާނެ: ބުފޮން
ޔުވެންޓަސް އާއި އިންޓަ އެއްވަރުމުން ހުރިހާ އުފަލެއް ނަޕޯލީ އަށް
ބޭނުންވަނީ ޔުވެންޓަސްގައި ދެމި ހުންނަން: ޕޮގްބާ
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
ޔުވެންޓަސްއިން ކީޕަރު ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
މިލާނުން ގަދަ ހަތަރެއް ކަށަވަރު ކޮށްފި
ކޯޓުން ވެސް ޔުވެންޓަސް އަށް ކާމިޔާބެއް ނުލިބުނު