ދައުލަތުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލުދޭން ޖެހިދާނެ ފަދަ މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީން އަމަލު ކުރާނެ އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
23 އޮކްޓޯބަރ 2019
ދައުލަތުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ބަދަލުދޭން ޖެހިދާނެ ފަދަ މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީން އަމަލު ކުރާނެ އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.
އެކި ފަރާތްތަކާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރި މައްސަލާގައި ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހޯދަން ދައުލަތާ ދެކޮޅަށް ކުރާ ދައުވާތަކުގައި ކޯޓުން ބޭރުގައި ނުވަތަ އާބިޓްރޭޝަން މަރުހަލާއިން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ރައީސަށް ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީއެއް މިހާރު އޮވެ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހަދައި، އާންމުކުރި އެ އުސޫލުގައިވާ ގޮތުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީގައި ތިއްބަވާނީ ބަންޑާރަ ނައިބާއި ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން އެ ކޮމެޓީން ބަލާ މައްސަލައާ ގުޅުންހުރި މިނިސްޓްރީއެއްގެ މިނިސްޓަރާއި ލީގަލް ކައުންސެލް ޓު ދަ ޕްރެސިޑެންޓެވެ.
މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލައެއްގައި އިސްކޮށް ހުރި ފަރާތާއި އެ މައްސަލަ އެ އޮފީހުގައި ހަވާލު ކޮށްފައިވާ ވަކީލުންނާއި އެ މައްސަލައާ ގުޅުންހުރި އޮފީހެއްގެ ކަމާބެހޭ ފަރާތެއް ވެސް އެ ކޮމެޓީ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި ކޮމެޓީގެ މެމްބަރެއްގެ މަސްލަހަތު މައްސަލައެއްގައި ހިމެނޭ ނަމަ، އެ މެމްބަރަކު އެ މައްސަލައިން ތަނާޒުުލްވާން ޖެހޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ
އެ އުސޫލުގައިވާ ގޮތުން ކޮމެޓީން މައްސަލައަކާ މެދު ނިންމާ ނިންމުމެއް ރައީސަށް ފޮނުވާއިރު، މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ނިންމުމުގެ އިތުރުން މައްސަލަ ހައްލުކުރަން ފެންނަ ނަމަ، ބަދަލުގެ ގޮތުގައި ދޭންޖެހޭ އެއްޗެއްގެ ތަފްސީލު ހިމަނަން ޖެހޭނެ އެވެ. އަދި ކޮމެޓީން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ދައުލަތުގެ މަސްލަހަތު ނުގެއްލޭ ގޮތަށް އަދުލުވެރި ހައްލެއް ހޯދަން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
ކޮމެޓީއަށް ހުށަހެޅޭ މައްސަލަތަކާއި އޭގެ ހުރިހާ ލިޔުންތަކަކީ އެ އުސޫލު އޮތްގޮތުން ސިއްރު އެއްޗެއްސެވެ. އެއިިން އެއްވެސް މައުލޫމާތެއް ކޮމެޓީގެ އެއްވެސް މެމްބަރަކު ހާމަ ކޮށްގެން ނުވާނެ ކަމަށާއި އަދި މީޑިއާއަށް މައުލޫމާތު ހާމަ ކުރާނީ ވެސް ކޮމެޓީން ގޮތެއް ނިންމުމަށް ފަހު ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލު އޮތްގޮތުން ކޮމެޓީން މައްސަލަތައް ދިރާސާ ކުރާއިރު ކޮމެޓީގެ މެމްބަރުންގެ އިތުރުން ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތިން އެކަމާ ގުޅޭ އޮފީހެއްގެ ވޯކިން ގްރޫޕްތަކާއި ކުޑަ ކޮމެޓީތައް އެކުލަވާލެވިދާނެ އެވެ. ވޯކިން ގްރޫޕްތަކުން ނިންމާ ނިންމުންތަކާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމެޓީންނެވެ.
ސެޓްލްމަންޓް ކޮމެޓީގެ އުސޫލު އާންމު ކުރިއިރު، އެކިއެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރި މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށް އެ ކޮމެޓީއަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ކޮމެޓީން މިހާރު ނިންމައި، ބައެއް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދޭން ނިންމާފައިވެ އެވެ. އެކަމަށް ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވެ އެވެ.
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބަދަލުކުރަނީ
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
ހައްޖާއި އުމްރާއަށް ގެންދިއުން ހަރުދަނާކުރަން ބިލެއް
ޒަމާނަށް ފެތޭ، ތަފުސީލީ، ހެއްކާ ބެހޭ ބިލެއް
އިންޓެލިޖެންސް އޮޑިޓް ކޮމިޓީ، ޕީޖީއާ ބައްދަލުކޮށްފި
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
އަހުމަދުގެ ވާހަކަތަކާއެކު އިތުރަށް ވީ ގޯސް!