ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
23 އޮކްޓޯބަރ 2019
ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އިސް މެޖިސްޓްރޭޓް ރާޣިބްއާ ގުޅޭގޮތުން ޖޭއެސްސީން ބަލާ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމާފައި އޮތީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވުމަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މައްސަލާގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ތަހުގީގު ރިޕޯޓުގައިވާ ގޮތަށް، ފަނޑިޔާރު ކަމުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފްގެ ސިއްހީ ހާލަތު ހުރިގޮތުން ވަޒީފާއިން މުސްކުޅިކޮށް ދިނުމަށް އެ ކޮމިޝަންގައި އެދިފައިވާތީ ހުށަހަޅާފައިވާ ކަންކަމަށް ބަލައި، އޭނާ ވަޒީފާއިން މުސްކުޅިކޮށް ދިނުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ފަނޑިޔާރު ކަމުން ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި މައްސަލާގައި ޖިނާއީ ކަންތައްތަކެއް ފާހަގަ ވެފައިވާތީ އެކަންކަން ބެލުމަށް ފުލުހަށް ފޮނުވަން ވެސް ކޮމިޝަނުން ކުރިން ނިންމި އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުންނެވެ. މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އިބްރާހިމް ރަޝީދު ވެސް އެގޮތަށް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދޭން ހުށަހަޅަނީ
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
މެޖިސްޓްރޭޓްގެ މައްސަލަ ސާބިތުވާ ހެއްކެއް ނެތް: ސަނީފް
މެޖިސްޓްރޭޓް ވަކިކުރަނީ ހަޑި ހުތުރުކޮށް މުހާތަބުކުރީމަ!
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް
ރަށުން ބޭރަށްދާނަމަ ޖޭއެސްސީއަށް އަންގަން ޖެހިއްޖެ
އަލީ އާދަމަށް އިތުރު މައްސަލައެއްގައި ފިޔަވަޅު އަޅައިފި
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!