މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
24 ނޮވެމްބަރ 2019
މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ފަނޑިޔާރުންގެ ތެރެއިން މިހާރު ފޯނު އެލަވަންސް ދެނީ މާލޭގެ ސުޕީރިއާ ކޯޓުތަކާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސެއް ދޭންޖެހޭ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500ރ. ހަމަޖައްސައި ދޭން މަޖިލީހަށް ހުށަހަޅަން އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓާއި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނަށް މަހަކު 1،000ރ.ގެ ފޯނު އެލަވަންސެއް ދެ އެވެ.
މީގެ އިތުރުން ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ވީހާ ވެސް ފުޅާކޮށް ފަހިކޮށް ދިނުމުގެ ގޮތުން ހަރުދަނާ ސިޔާސަތެއް އެކުލަވާލައި، އާންމުކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީގެ މިއަދު ބައްދަލުވުން ބޭއްވީ ލ. ފޮނަދޫގަ އެވެ. އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމަކީ މާލެއިން ބޭރުގައި އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ދެ މެޖިސްޓްރޭޓަކު ވަކިކުރަން މަޖިލީހަށް ފޮނުވަނީ
އިސް މެޖިސްޓްރޭޓް ރާޣިބް ވަކިކުރަން މަޖިލީހަށް ފޮނުވަނީ
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
މެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
މެޖިސްޓްރޭޓްގެ މައްސަލަ ސާބިތުވާ ހެއްކެއް ނެތް: ސަނީފް
މެޖިސްޓްރޭޓް ވަކިކުރަނީ ހަޑި ހުތުރުކޮށް މުހާތަބުކުރީމަ!
މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން މަޖިލީހަށް
ރަށުން ބޭރަށްދާނަމަ ޖޭއެސްސީއަށް އަންގަން ޖެހިއްޖެ
އަލީ އާދަމަށް އިތުރު މައްސަލައެއްގައި ފިޔަވަޅު އަޅައިފި
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!