Roadha Mihaaru
އެމެރިކާ ސަޕޯޓަރުންނަށް އިބްރަހިމޮވިޗުގެ ރައްދެއް

އެމެރިކާ ސަޕޯޓަރުންނަށް އިބްރަހިމޮވިޗުގެ ރައްދެއް

26 އޮކްޓޯބަރ 2019

ލޮސް އެންޖެލެސް (އޮކްޓޫބަރު 26) - އެމްއެލްއެސްގެ ޕްލޭއޮފް ސެމީ ފައިނަލް މެޗަށް ފަހު ސަޕޯޓަރުން އެލްއޭ ގެލެކްސީގެ ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗާ ދިމާކޮށްލުމާ އެކު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލޮސް އެންޖެލެސް (އޮކްޓޫބަރު 26) - އެމްއެލްއެސްގެ ޕްލޭއޮފް ސެމީ ފައިނަލް މެޗަށް ފަހު ސަޕޯޓަރުން އެލްއޭ ގެލެކްސީގެ ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗާ ދިމާކޮށްލުމާ އެކު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

އެމްއެލްއެސް ސޮކާ ކަޕްގެ ސެމީ ފައިނަލުގައި ލޮސް އެންޖެލްސް އަތުން އިބްރާހިމޮވިޗްގެ އެލްއޭ ގެލެކްސީ ވަނީ 5-3 އިން ބަލިވެފަ އެވެ. އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ އެއްބަސްވުން އަަންނަ ޑިސެމްބަރު މަހު ހަމަވާއިރު، އެ މެޗަކީ އިބްރަހިމޮވިޗް އެ ޓީމަށް ކުޅެދޭ ފަހު މެޗަށް ވުމުގެ ފުރުސަތު ބޮޑެވެ. މެޗަށް ފަހު ސަޕޯޓަރުން އިބްރަހިމޮވިޗާ ދިމާކޮށްލިއިރު، އޭނާ ވަނީ އިންޓަވިއުއެއްގައި ސަޕޯޓަރުންނަށް ރައްދުދީފަ އެވެ.

"އެ މީހުން އަހަންނާ ދިމާލަށް އެއްޗެއް ބުނި. މިއީ އިހުތިރާމް ކުޑަ ކުރުމެއް ނޫން. މިއީ އަހަންނަށް ޓްރެއިނިން އެއް ފަދަ ކަމެއް. މި ސްޓޭޑިއަމްތައް ވެސް އަހަންނަށް ކުޑަ. މިއީ ޕާކެއްގައި ހިނގާލުން ފަދަ ކަމެއް،" ހިތްހަމަނުޖެހިފައި ހުރެ އިބްރަހިމޮވިޗް ބުންޏެވެ.

"އަހަރެން މަޑުކޮށްފިނަމަ މިއީ އެމެރިކާ ލީގަށް ވެސް އޮތް ރަނގަޅެއް. އެއީ މުޅި ދުނިޔޭގެ ގިނަ ބަޔަކު މެޗުތައް ބަލާނެ. އެކަމަކު އަހަރެން ގޮސްފިނަމަ އެމެރިކާ ލީގު މަތިން ގިނަ ބަޔަކު ހަނދާނެއް ވެސް ނުހުންނާނެ."

އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި އެލްއޭ ގެލެކްސީ އަށް 30 ގޯލު ޖަހައިދީފަ އެވެ. އިބްރަހިމޮވިޗް އެނބުރި ޔޫރަޕްގެ ކްލަބަކަށް ބަދަލުވާން އުޅޭ އަޑުތައް މީޑިއާގައި ގަދަވެފައިވާއިރު، އޭނާ އަދި އެ ކަމަށް ރަސްމީ ގޮތުން ވަކި ޖަވާބެއް ނުދެ އެވެ.

ނެދަލެންޑްސްގެ އަޔަކްސް އާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީގައި މޮޅު ކުޅުމެއް ދެއްކި އިބްރަހިމޮވިޗް ފާހަގަކުރެވެނީ މަތީ ފަންތީގައި އެންމެ ގިނަ ދުވަހު ކުޅެ އެންމެ ގިނަ ކާމިޔާބު ހޯދި އެއް ސެންޓަ ފޯވާޑުގެ ގޮތުގަ އެވެ.