27 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުން ފަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލާގެ ތަހުގީގު އަޑުއެހުން ފަސްކޮށްފި އެވެ.
ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން ބަލާ މައްސަލާގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން މިއަދު ބާއްވަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ. އަޑުއެހުންތައް ހުޅުވާލައިގެން ބާއްވަން ނިންމީ ފަނޑިޔާރު އާދަމް އެގޮތަށް އެދިވަޑައިގަތުމުންނެވެ.
ޖޭއެސްސީން ބުނީ ތަހުގީގު އަޑުއެހުން މިހާރު ފަސްކޮށްފައިވަނީ އަންނަ ބުދަ ދުވަހަށް ކަމަށެވެ.
ކުރިން ޖޭއެސްސީގެ ރައީސް ކަން ވެސް ކުރެއްވި ފަނޑިޔާރު އާދަމްގެ މައްސަލަ ޖޭއެސްސީން ބަލާއިރު، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ޖޭއެސްސީން ބަލާ މައްސަލަތަކާ ދެކޮޅަށް އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވުމުން އެކަމާ ގުޅިގެން އެމަނިކުފާނުގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އޭނާ ފަނޑިޔާރު ކަމުން ވަނީ ވަކިކޮށްފަ އެވެ.
"ޖޭއެސްސީއަށް ހާޒިރުނުވީ ބެލޭނެ މައްސަލައަކަށް ނުވާތީ"
ފަނޑިޔާރު އާދަމް އުޒުރުވެރިވާތީ އަޑުއެހުން ކެންސަލް
އާދަމް މުހައްމަދު، ޖަމީލްއާ މުއާމަލާތްކުރި މައްސަލައެއް
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ
ފަނޑިޔާރު އާދަމްގެ މައްސަލަ ހުޅުވާލަން އެދިވަޑައިގެންފި
ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ޖޭއެސްސީން ނިންމައިފި
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"