30 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު، ސުޕްރީމް ކޯޓުން ބަލާ މައްސަލަތަކެއްގައި ހިމެނޭ ޚަސްމަކާ މުއާމަލާތް ކުރި ކަމުގެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން އެ ކޮމިޝަނުގެ ކޮމިޓީއަކުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު، ސުޕްރީމް ކޯޓުން ބަލާ މައްސަލަތަކެއްގައި ހިމެނޭ ޚަސްމަކާ މުއާމަލާތް ކުރި ކަމުގެ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން އެ ކޮމިޝަނުގެ ކޮމިޓީއަކުން ނިންމައިފި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނަގާފައިވާ ކޮމިޓީން މިއަދު ބުނީ، އެ ކޮމިޓީން މިހާރު ބަލަމުން އަންނަ މައްސަލަގައި އާދަމް މުހައްމަދުގެ ވަކީލެއްކެގެ ގޮތުގައި ހަމަޖައްސާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ސުޕްރީމް ކޯޓުން ބަލަމުން އަންނަ މައްސަލަތަކެއްގެ ޚަސްމެއް ކަމަށެވެ.
އާދަމް މުހައްމަދާ ސުވާލު ކުރަން ޖޭއެސްސީން މިއަދަށް ތާވަލް ކުރި އަޑު އެހުން ކެންސަލް ކުރި ކަން އިއުލާން ކުރަައްވަމުން އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ، އާދަމް މުހައްމަަދުގެ ވަކީލެއްގެ ގޮތުގައި ޖަމީލް ހަމަޖެއްސުމަކީ މަސްލަހަތު ފުށުއަރާ ގޮތަށް އަމަލުކުރުން ކަމަށެވެ.
"އެއީ މައްސަލައިގެ ޚަސްމަކާ މެދު މައްސަލަ ބަލަމުން ދަނިކޮށް މުއާމަލާތް ކުރުމާއި އަދި ވަކީލެއްގެ ގޮތުގައި އައްޔަން ކުރުމާއި މިފަދަ ކަންތައްތައް ކުރުމަކީ ފަނޑިޔާރެއްގެ ސުލޫކަށް އަސަރު ކާރާނެ ކަމެއް ކަމަށް މި ކޮމިޓީ އަށް ވެސް ފެނޭ. މި ކޮމިޓީ އަށް ފެންނާތީވެ ފަނޑިޔާރު އާދަމް މުހައްމަދުގެ މި ސުލޫކީ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމަށް ވެސް މި ކޮމިޓީން މިހާރު މިވަނީ ނިންމާފައި،" މަސްތޫރު ވިދާޅުވި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަ ބަލަން ޖޭއެސްސީން އެކުލަވައިލި ކޮމިޓީގެ މެމްބަރުން.---ފޮޓޯ:ހުސައިން ވަހީދު/މިހާރު
ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޖަމީލް ބަލައިނުގަންނަން ނިންމައި، ތަހުގީގުގެ އަޑު އެހުން މާދަމާ އަށް މިހާރު ވަނީ ތާވަލް ކޮށްފަ އެވެ. ޖަމީލް ބަލައިނުގަންނަން ނިންމައި، އެހެން ވަކީލަކު ހަމަޖައްސަން މާދަމާގެ ނިޔަލަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް މަސްތޫރު ވިދާޅުވި އެވެ.
އަޑު އެހުން ނިންމައިލުމުން، ފަނޑިޔާރު އާދަމް މުހައްމަދު ތަކުރާރުކޮށް އެދިވަޑައިގަތީ، ވާހަކަ ދައްކަވަން ފުރުސަތެއް ދެއްވުމަށެވެ. ޖޭއެސްްސީގެ މެމްބަރުން މާލަން ދޫކުރައްވައި ވަޑައިގެންނެވުމުން ވެސް އޭނާ ވާހަކަ ކުރިއަށް ގެންދެވި އެވެ.
ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވީ ޖަމީލް ޝާމިލްވާ ހުރިހާ މައްސަލައަކުން ތަނާޒުލްވެވަޑައިގެން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށާއި އެ ސިޓީ ބަލައިގަތް ކަމުގެ ލިޔުމެއް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެންމެ އެ ނިންމެވި ނިންމެވުމަކީ އެއީ އަޅުގަނޑުގެ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައެޅިފައި ހުރި ކަންކަން އަޅުގަނޑަށް ފަހިކޮށް ނުދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވި އެވެ.
އަޑުއެހުން ކެންސަލް ކުރިކަން އިއުލާން ކުރުމުން ވެސް، ފަނޑިޔާރު އާދަމް މުހައްމަދާއި ޖަމީީލު ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ޖޭއެސްސީން ނޫސްވެރިންނަށް އެންގީ އަޑުއެހުން އޮތް މާލަން ދޫކޮށް ދިއުމަށެވެ. ޖޭއެސްސީން ބުނީ "އެބޭފުޅުންގެ އަމިއްލަ ޕްރެސް ކޮންފަރެންސް ބާއްވަން ޖޭއެސްސީގެ ފެސިލިޓީ ބޭނުން ނުކުރެވޭނެ" ކަމަށެވެ.
"ޖޭއެސްސީއަށް ހާޒިރުނުވީ ބެލޭނެ މައްސަލައަކަށް ނުވާތީ"
ފަނޑިޔާރު އާދަމް އުޒުރުވެރިވާތީ އަޑުއެހުން ކެންސަލް
ފަނޑިޔާރު އާދަމްގެ ތަހުގީގު އަޑުއެހުން ފަސްކޮށްފި
ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ހުޅުވާލަނީ
ފަނޑިޔާރު އާދަމްގެ މައްސަލަ ހުޅުވާލަން އެދިވަޑައިގެންފި
ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ޖޭއެސްސީން ނިންމައިފި
ޑީޑީގެ ތަހުގީގު: ބޮޮޑު ތުހުމަތުތަކެއް، ހޫނު ބަހުސެއް!
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި