Roadha Mihaaru
އިރުފާނުގެ ބަންދަށް 15 ދުވަސް

އިރުފާނުގެ ބަންދަށް 15 ދުވަސް

27 އޮކްޓޯބަރ 2019

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ މަރާލި މައްސަލައިގައި ހައްޔަރުކުރި އިރުފާން ރުޝްދީގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ މަރާލި މައްސަލައިގައި ހައްޔަރުކުރި އިރުފާން ރުޝްދީގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ދީފި އެވެ.

އިރުފާން ހައްޔަރުކުރީ އިތުރު ތިން މީހަކާއެކު ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އެ މީހުން ދަތުރުކުރި ލޯންޗު ކާޑެއްދުއާ 12 މޭލު ބޭރުގައި އޮއްވައި ތެޔޮ ހުސްވެ ހާލުގައިޖެހިގެން ތިނަދޫ އަށް ގެންދިއުމަށް ފަހުގަ އެވެ. އިރުފާން ލޯންޗު ތެރޭގައި އިން ކަން ފުލުހުންނަށް އެނގުނީ އޭގައި ތިބި މީހުންގެ މައުލޫމާތު އޮޅުންފިލުވި ހިސާބުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ 15 ދުވަސް ދީފައިވާ ކަމަށެވެ.

އިރުފާން ފެނިފައި ވަނީ ފާތިރު މަރާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން އޭނާ ހޯދަން އިއުލާން ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އިރުފާން ހޯދުމަށް ޖޫން، 2016 ގައި ފުލުހުން ވެސް އިއުލާން ކުރި އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް އޭނާ ނުފެނެ އެވެ.

ފާތިރު މަރާލުމުގެ އެއް އަހަރު ކުރިން އިރުފާން 2015 ގައި ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނި ނަމަވެސް 2016 ވަނަ އަހަރު މާރާމާރީ ހިންގި އިރު، އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށް ވެސް ރިޔާސީ ކޮމިޝަނުން ބުނެފައިވެ އެވެ.

ޖޫން 2016 ގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހަރައި ފާތިރު މުހައްމަދު މަރާލި އެވެ.

ފާތިރު މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ. ފުލުހުން އޭރު ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ.