27 ސެޕްޓެމްބަރ 2016
މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ ހަދާފައިވާ ޑޮކިއުމަންޓްރީ ފިލްމް "ބިފޯ ދަ ފްލަޑް" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ދައްކާލައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައީސް ބަރަކް އޮބާމާ އާއި ލިއޮނާޑޯ މަޝްވަރާ ކުރަން ހަމަޖެހިއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯ ހަދާފައިވާ ޑޮކިއުމަންޓްރީ ފިލްމް "ބިފޯ ދަ ފްލަޑް" އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ދައްކާލައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ރައީސް ބަރަކް އޮބާމާ އާއި ލިއޮނާޑޯ މަޝްވަރާ ކުރަން ހަމަޖެހިއްޖެ އެވެ.
ވައިޓް ހައުސް އިން އިންތިޒާމްކޮށްގެން ބާއްވާ ސައުތު ބައި ސައުތު ލޯން: އަ ވައިޓް ހައުސް ފެސްޓިވަލް އޮފް އައިޑިއާސް، އާޓްސް އެންޑް އެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިނެއްގަ އެވެ.
މި ހަފުލާގައި ކްލައިމެޓް ސައިސްޓިސްޓް ޑރ. ކެތަރީން ހޭހޯ ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ދުނިޔޭގެ ފަސް ބައްރަށް ލިއޮނާޑޯ ދަތުރުކޮށް، މޫސުމަށް އަންނަ ބަދަލުތައް ހޯދަން ކުރާ މަސައްކަތް ދައްކުވައިދޭ "ބިފޯ ދަ ފްލަޑް" އަންނަ މަހު ބާއްވާ 60 ވަނަ ލަންޑަން ފިލްމް ފެސްޓިވަލްގައި ވެސް ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
Exciting news: @POTUS will be joined by @LeoDiCaprio for a conversation on combating climate change at #SXSL: https://t.co/eMPiKavm8y pic.twitter.com/o7Gp0cNhBV
— The White House (@WhiteHouse) September 25, 2016
ވައިޓް ހައުސްގެ ޓްވީޓް
އަންނަ މަހުގެ 5-16 އަށް ބާއްވާ އެ ފެސްޓިވަލްގައި ޑޮކިއުމަންޓްރީ ދައްކާލާނީ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.
"ބިފޯ ދަ ފްލަޑް" ލިޔެފައި ވަނީ މާކް މޮންރޯ އެވެ. މި ޑޮކިއުމަންޓްރީ ޑައިރެކްޓްކޮށްފައި ވަނީ ތިމާވެއްޓަށް މަސައްކްތް ކުރާ އެކްޓިވިސްޓް ފިޝާ ސްޓީވެންސެވެ.
މި އަހަރުގެ ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް "ބިފޯ ދަ ފްލަޑް" ދެއްކި އެވެ.
މި ފިލްމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލު ދެނެގަނެ، ހައްލުތައް ހޯދައި އެކަމަށް ބައިނަލްއަގްވާމީ ފެންވަރެއްގައި ހޭލުންތެރިކަން އުފެއްދުމެވެ.
ރޯޒް ސަލާމަތްކޮށްދިން ދޮރު 700،000 ޑޮލަރަށް
ޑިކެޕްރިއޯ ހަތަރު އަހަރު ފަހުން ސިންގަލް ވެއްޖެ
އާ ވައްތަރެއްގެ ގަހަކަށް ލިއޮނާޑޯގެ ނަން
ކިއާނޫ އަށް ލިއޮނާޑޯ އާއި ސްކޯސޭޒީގެ ސީރީޒެއް
އުޖޫރައިގެ ފަރަގު ލޯރެންސަށް މައްސަލައެއް ނޫން
ކަލްޓް ލީޑަރު ޖިމް ޖޯންސްގެ ރޯލަށް ލިއޮނާޑޯ
"ޓްރަމްޕް ގެންގުޅުއްވީ ތިމާވެއްޓާ ދުޝްމަން ސިޔާސަތެއް"
ލިއޮނާޑޯ އާއި އަބޭ ގުޅިގެން ފިލްމެއް ހަދަނީ
ލިއޮނާޑޯގެ "ޑޯންޓް ލުކް އަޕް" ގެ ޓްރެއިލާ
ލިއޮނާޑޯގެ "އިންސެޕްޝަން" ގެ ރޯލެއް އަނިލް އަށް ލިބުނު