Roadha Mihaaru
ޕާކިސްތާން ފުލުހުން އަނިޔާވެރިކަން ހުއްޓާލަން ގޮވާލައިފި

ޕާކިސްތާން ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލަން ގޮވާލައިފި

26 ސެޕްޓެމްބަރ 2016

އިސްލާމްއާބާދު (ސެޕްޓެމްބަރު 26) - ޕާކިސްތާން ފުލުހުން އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށާއި އެ ކަންކަން ހުއްޓާލުމަށް ހިއުމަން ރައިޓްސް ވޮޗް އިން އިސްލާމްއާބާދަށް ގޮވާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ސެޕްޓެމްބަރު 26) - ޕާކިސްތާން ފުލުހުން އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގަމުންދާ ކަމަށާއި އެ ކަންކަން ހުއްޓާލުމަށް ހިއުމަން ރައިޓްސް ވޮޗް އިން އިސްލާމްއާބާދަށް ގޮވާލައިފި އެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓުގައި ވަނީ ފުލުސް އޮފިސަރުންނާއި އަނިޔާ ލިބުނު ބައެއް މީހުންނާ ސުވާލުކޮށްފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޝަރީއަތް ކުރުމަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ބައެއް މީހުން ވަނީ މަރައިފަ އެވެ.

ހިއުމަން ރައިޓްސް ވޮޗުގެ އޭޝިއާ ޑިރެކްޓަރު ބްރެޑް އެޑަމްސް ވިދާޅުވީ ސަލާމަތީ ގޮތުން ޕާކިސްތާނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އެކަންކަން ހައްލުވާން އޮތީ ފުލުހުން އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ޒިންމާދާރު ވެގެން ކަމަށެވެ.

"އެކަމަކު އޭގެ ބަދަލުގައި ފުލުހުން މިފެންނަނީ ކޮރަޕްޓްވެފައިވާ މުވައްސަސާއެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ކުރާ އަނިޔާތަކުގެ ތެރޭގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މުގުރުން ތެޅުމާއި ޖިންސީ ގޯނާ ކުރުމާއި ނިދިން މަހްރޫމް ކުރުމާއި އެހެން މީހުންނަށް އަނިޔާކުރާ މަންޒަރު ދެއްކުން ފަދަ ނަފްސާނީ އަނިޔާ ދިނުން ފަދަ ކަންކަމެވެ. ޖިސްމާނީ އަނިޔާކޮށްގެން އިއުތިރާފް ކުރުވުން ފަދަ ކަންކަން ކުރަނީ، ހިއުމަން ރައިޓްސް ވޮޗަށް މައުލޫމާތު ދިން ފަރާތްތަކުން ބުނި ގޮތުގައި، ފުލުހުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ދީފައި ނުވާތީ އެވެ.