Roadha Mihaaru
ޕީއެންސީގެ ރައީސަކީ އަދުރޭ، 4 ނައިބުން ހޮވައިފި

ޕީއެންސީގެ ރައީސަކަށް އަދުރޭ، ނައިބުންނަށް ނިހާން، މުންދު، ޝުޖާއު، ސައީދު

26 އެޕްރީލް 2019

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށް، ޕާޓީގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިއަދު އިންތިޚާބުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސަކަށް އެ ޕާޓީގެ ވަގުތީ ރައީސްކަން ވެސް ކުރެއްވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އައްޔަންކޮށް، ޕާޓީގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު މިއަދު އިންތިޚާބުކޮށްފި އެވެ.

ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި، އެ ޕާޓީގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ހަމަޖެއްސީ އެ މަގާމަށް އޭނާ ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެވެ. އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރީ 137 މެމްބަރުންގެ މެދުގައި ބޭއްވި ވޯޓުގަ އެވެ.

ޕީއެންސީގެ ނައިބު ރައީސްކަމަށް އިންތިޚާބުކުރި ބޭފުޅުން:

އަހުމަދު ނިހާން، 126 ވޯޓު.

މުހައްމަދު ހުސައިން ޝަރީފު (މުންދު)، 122 ވޯޓު.

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، 122 ވޯޓު.

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، 120 ވޯޓު.

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުވި ބޭފުޅުންނާއި އެ އިންތިހާބު ނާކާމިޔާބުވި ނިމާލް، އަދި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުވި ބޭފުޅުންނާއި އެ އިންތިހާބު ނާކާމިޔާބުވި ނިމާލް، އަދި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް

އެ އިންތިޚާބު ނާކާމިޔާބުވި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ލިބިވަޑައިގަތީ 39 ވޯޓެވެ.

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަތަރު ބޭފުޅުން އިންތިޚާބު ކުރަން ނިންމީ އެ ޕާޓީގެ އަސާސީ ގަވައިދު މިއަދު އިސްލާހު ކޮށްގެންނެވެ. ޕާޓީގެ ކުރީގެ އަސާސީ ގަވައިދު ބުނާގޮތުން އެ ޕާޓީގައި ތިބޭނީ ދެ ނައިބު ރައީސުންނެވެ. އެމަގާމުގައި ވަގުތީ ގޮތުން މިހާތަނަށް ތިއްބެވީ ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރުކަން ކުރައްވާ ފަރާތަކީ ވެސް ޕާޓީގެ ނައިބު ރައީސުންގެ ފެންވަރުގެ ބޭފުޅެއް ކަމަށް އަސާސީ ގަވައިދުގައި މިއަދު ވަނީ ހިމަނައިފަ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ކަނޑައެޅީ މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕީޕީއެމްގައި ވެސް އެ މަގާމު ފުރުއްވި މުހައްމަދު ތޮލާލެވެ.

މިއަދުގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ ކައުންސިލަށް 20 ބޭފުޅަކު ވެސް އިންތިޚާބުކޮށްފަ އެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ.

ޕީއެންސީ އަކީ ޕީޕީއެމްގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދި ޕާޓީ އެކެވެ. އަދި އެ ޕާޓީ ސިޔާސީ ދާއިރާގައި މަސައްކަތް ކުރަނީ އިއްތިހާދު ވެގެންނެވެ.