Roadha Mihaaru
ނިންމުމާ ޚިލާފަށް ގޮޅި ދޫކުރަން އުޅޭ ކަމުގެ ތުހުމަތު!

ނިންމުމާ ޚިލާފަށް މާރުކޭޓްގެ ގޮޅިތައް ދޫކުރަން އުޅޭ ކަމުގެ ތުހުމަތު!

10 ނޮވެމްބަރ 2019

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ދަތުރުވެރިންގެ މާރުކޭޓަށް ބަދަލު ގެނައުމުގެ މަސައްކަތް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ދަތުރުވެރިންގެ މާރުކޭޓަށް ބަދަލު ގެނައުމުގެ މަސައްކަތް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

މަރާމާތަށް މީގެ ތިން މަސް ކުރިން ހުސްކުރި މާރުކޭޓްގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ. ސިޓީ ކައުންސިލުން ފުރަތަމަ ނިންމީ، ޖާގަ ބޮޑު ގޮޅިތަކެއް ހެދުމުގެ ގޮތުން 70 ވަރަކަށް ގޮޅި ހަދާށެވެ. ނަމަވެސް އެ މަސައްކަތް ކުރަމުން ދަނިކޮށް ފަހުން އެ ކައުންސިލުން ވަނީ ގޮޅީގެ އަދަދު އިތުރު ކުރުމަށް ފާސްކޮށްފަ އެވެ.

Maarukeytu hedhun lasvaathee viyafaariverin kanboduvejje

Maarukeytu hedhun lasvaathee viyafaariverin kanboduvejje

The most trusted news source in the Maldives

Mihaaru

މާރުކޭޓް ހެދުން ލަސްވާތީ ކަންބޮޑުވުން---

ސިޓީ ކައުންސިލަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް މިފަހުން ފެންމަތި ކުރައްވަމުން ގެންދަވާ މެމްބަރު ފަޒީން ވިދާޅުވި ގޮތުގައި ދަތުރުވެރިންގެ މާރުކޭޓްގައި 128 ގޮޅި ހަދަން ކައުންސިލުން ފާސްކޮށްފައި ވަނިކޮށް އެ އަދަދު 193 އަށް ބަދަލުކުރަން ޝިފާ ހުށަހެޅުއްވި ކަމަށެވެ. އެ ހުށަހެޅުއްވުން ކައުންސިލުން ފާސް ނުވުމުން ވެސް ޝިފާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތަށް ބަދަލު ކުރަން ކަމަށް ފަޒީން ތުހުމަތު ކުރެއްވި އެވެ.

"މިފަހުން މަދު ކައުންސިލަރުންތަކަކާ އެކު ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފި. އެކަމަކު ގާނޫނު ބުނާގޮތުން ވެސް ކައުންސިލުން އެގޮތަށް ފާސްކޮށްފައި ވަނިކޮށް އެކަމަކާ ދެކޮޅަށް ކަމެއް ނުކުރެވޭނެ،" މާރުކޭޓާ ގުޅޭ ކަންކަން ނިންމާ ކޮމެޓީގެ މެމްބަރުކަން ވެސް ކުރައްވާ ފަޒީން ވިދާޅުވި އެވެ.

ޝިފާ، ފޯނަށް ޖަވާބު ނުދެއްވާތީ މި ތުހުމަތާ ގުޅޭ ގޮތުން ކޮމެންޓެއް އަދި ނުލިބެ އެވެ.

ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ގޮތަށް 128 ގޮޅި ހަދައިފި ނަމަ ގޮޅިއެއްގެ ބޮޑުމިނަކީ ދިގު މިނުގައި، އަށް ފޫޓު އަދި ފުޅާމިނުގައި 6.5 ފޫޓެވެ. ގޮޅީގެ އަދަދު 193 އަކަށް ބަދަލުކޮށްފި ނަމަ ގޮޅިއެއްގެ ކުރިމައްޗަށް އިންނާނީ ހަތަރު ވަރަކަށް ފޫޓް ކަމަށް ފަޒީން ވިދާޅުވި އެވެ.

އެ ބަދަލު ގެނެސްފިނަމަ އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އެތައް ދަތިތަކަކާ ކުރިމަތިވާނެ ކަމަށް ފަޒީން ވިދާޅުވި އެވެ. ތަކެތި ބެހެއްޓުމާއި އެތަކެތި ޑިސްޕްލޭ ކުރުމަށް ވެސް އެ ގޮތަށް ބަދަލު ކޮށްފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޮޅި ކުޑަ ވީމަ ދެގޮޅި އެއްކޮށްގެން ވިޔަފާރި ކުރަން މީހުން ގޮޅި ކުއްޔަށް ދެނީ. އެކަންކަން ހައްލު ކުރަން ގޮޅި ބޮޑުކުރަން ނިންމީ،" ފަޒީން ވިދާޅުވި އެވެ.

މާރުކޭޓްގެ ގޮޅިއާ ބެހޭ އުސޫލު އެ ކައުންސިލުން ފާސްކޮށް ގެޒެޓް ކުރަން އެންގިތާ 40 ދުވަސްވި އިރު ވެސް އެކަން ނުކުރާ ކަަމަށް ވިދާޅުވެ އޭނާ ހިތްހަމަނުޖެހުންފާޅުކުރެއްވި އެވެ. އާ އުސޫލުގައި ގޮޅިތައް ދޫކުރާއިރު ގިނަ ދުވަސްވީ ވިޔަފާރިވެރިންނަށް އިސްކަން ދިނުމަށް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާރުކޭޓްގެ ސުޕަވައިޒަރުކަން ކޮށްފައިވާ މީހުންނާ ވާހަކަދެއްކުމަށް ފަހު އިސްލާހު ކުރަން ޖެހޭ ކަންކަން އެ އާ އުސޫލުގައި ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ތަރައްގީ ކުރަމުން އަންނަ ޕާކްގެ މަސައްކަތް ކުރަމުން ދަނީ އެ ކައުންސިލުން ފާސް ކުރުމެއް ނެތި ކަމަށް ވިދާޅުވެ ފަޒީން ވަނީ ވަރަށް ފަހުން އެކަން މީޑިއާގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އެ ތުހުމަތުތަކާ އެކު ސިޓީ ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެ ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.