Roadha Mihaaru
އިތުރު ފަރުވާއަށް ނަވާޒް ޝަރީފް ގައުމުން ބޭރަށްގެންދަނީ

ބަލި ހާލުގައި އޮތް ނަވާޒް ޝަރީފު އިތުރު ފަރުވާ އަށް ގައުމުން ބޭރަށް ގެންދަނީ

11 ނޮވެމްބަރ 2019

ލާހޯރު (ނޮވެމްބަރު 7) - ހަތް އަހަރުގެ ހުކުމެއް ތަންފީޒް ކުރަން ޖަލުުގައި ހުންނަވަނިކޮށް ވަރަށް ބޮޑަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަހު ގެއަށް ބަދަލުކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް އިތުރު ފަރުވާ ދިނުމަށް ގައުމުން ބޭރަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނަވާޒް ޝަރީފް، 69، ލާހޯރުގެ ސާވިސަސް ހޮސްޕިޓަލްގައި އޮކްޓޯބަރު 22 ވަނަ ދުވަހު އެޑްމިޓްކުރީ ޕްލޭޓްލެޓް ލެވެލް 2،000 އަށް ދަށްވުމުންނެވެ. ހޮސްޕިޓަލުގައި އޮންނަވަނިކޮށް ނަވާޒް ޝަރީފަށް ވަނީ ހާޓްއެޓޭކެއް ވެސް ޖެހިފަ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން، ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް ޖަލުން ދޫކޮށްލުމަށް ކޯޓުން އޮތީ ކުރިން ހުއްދަ ދީފަ އެވެ. ނަމަވެސް ގައުމުން ބޭރަށް ފުރުން އޮތީ މަނާކޮށްފަ އެވެ.

ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް-އެން) ބުނީ ނަވާޒް ޝަރީފް ވަޑައިގަންނަވާނީ ލަންޑަނަށް ކަމަށް ބެލެވޭ ކަމަށެވެ.

ގުރައިޝީ ވިދާޅުވީ ނަވާޒް ޝަރީފުގެ ފުރާނަ ސަލާމަތް ކުރުމަށް ގައުމުން ބޭރުން އަވަސް ފަރުވާ ބޭނުންވާ ކަމަށް ޑޮކްޓަރުން އެންގުމާ އެކު ނަވާޒް ޝަރީފް ފުރުވާލުމުގައި ގާނޫނީ އެއްވެސް ހުރަހެއް ދެން ނޯންނާނެ ކަމަށެވެ.

ހޮސްޕިޓަލުން ނަވާޒް ޝަރީފް ގެއަށް ބަދަލުކުރި ނަމަވެސް ގޭގައި ވެސް އަައިސީޔޫއެއް ގާއިމްކޮށް ވަނީ ފަރުވާ ދީފަ އެވެ.

ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ މަގާމު ގެއްލުނީ ޖުލައި 2017 ގައި ސުޕްރީކް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެމަނިކުފާން ގެންދަވނީ ދެކޮޅު ހައްދަވަމުންނެވެ.