13 ނޮވެމްބަރ 2019
ސުޕްރީމް ކޯޓުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބެލި މައްސަލަތަކަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، އެމަނިކުފާނު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން މިއަދު ވަނީ ނިންމައިފަ އެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވެސް ސަސްޕެންޑްކޮށް، އޭނާ ވެސް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރުމާ ގުޅިގެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަރީފާ ހަވާލު ކުރަން ނިންމީ މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ކަމަށެވެ.
ފަނޑިޔާރު އަރީފާ ސުޕްރީމް ކޯޓުން ހިންގުން ހަވާލު ކުރެއްވިއިރު، އޭނާ މިއަދު ވަނީ ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާ ގޮތަށް އެ ދެ ބޭފުޅުން އަމަލު ކުރެއްވި ކަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަށް ސާބިތުވުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރު އަރީފު ވެސް ޖެހޭނީ ވަކިކުރަން!
ރިޓަޔާމަންޓަށް އެދިވަޑައިގަތީ އަރީފް އެކަނި: ޖޭއެސްސީ
ވަކި ވަގުތަކު ފިޔަވަޅު ނޭޅޭނެކަމަށް ނުދެކޭތި: ހިސާން
ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ޖޭއެސްސީން ނިންމައިފި
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް ނެތް
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖުޑިޝަރީން އާދޭސް ކުރަންޖެހޭ ޖެހުމަށް ނިމުމެއް ނެތް؟
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"