Roadha Mihaaru
ބޮޑު ހިޔާނާތުގެ ފުރިހަމަ ރިޕޯޓެއް ބޭނުން: އީވާ

ބޮޑު ހިޔާނާތުގެ ފުރިހަމަ ރިޕޯޓެއް ބޭނުން، ކޮފީ އެޅުނަ ދީގެން ނުވާނެ: އީވާ

13 ނޮވެމްބަރ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފުރިހަމަ ރިޕޯޓުތަކެއް ބޭނުންވާ ކަމަށާއި އެ ރިޕޯޓުތަކަށް "ކޮފީ" އެޅިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފުރިހަމަ ރިޕޯޓުތަކެއް ބޭނުންވާ ކަމަށާއި އެ ރިޕޯޓުތަކަށް "ކޮފީ" އެޅިޔަ ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، މިދިޔަ ފަސް އަހަރު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތެރެއިން ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ފައިސާ ދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރި ގޮތުންނެވެ. އެހެންވެ، ބަދަލު ދިނުމަށް ބަޖެޓު ކުރާ ނަމަ، ބަދަލު ހޯދާ ގޮތް ވެސް ބަޖެޓުން ފެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ހޯދުން އެއީ ބަޖެޓުން، އަޅުގަނޑުމެންނަށް ބަޖެޓުން ފެންނަން ޖެހޭނެ އެއްޗެއް،" ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.

އޭއީވާ ވަނީ ހިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާއި އެންޓި ކޮރަޕްޝަންގެ ރައީސް މަރިޔަމް ޝިއުނާ އަށް ހާއްސަ އިލްތިމާސެއް ކުރައްވައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު މަޖިލިހުގައި. --- ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގެ ފުރިހަމަ ރިޕޯޓެއް ރައްޔިތުންނާ ހަމައަށް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ވައްކަން ކޮށްފައިވާ އެއްވެސް މީހެއްގެ ނަން ފޮރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝައުގުވެރިވެޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"އެމަނިކުފާނު [ރައީސް] ނޫޅުއްވާނެ އެވަރުގެ ކަމެއްގައި. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އެ ރިޕޯޓުތައް އޮތް ގޮތަށް އަޅުގަނޑުމެންނާ ހަމައަށް އަންނަން ޖެހޭނެއޭ. އެ ރިޕޯޓުތަކަށް ކޮފީ އެޅުނަ ދީގެން ނުވާނެ،" އައްސަދާއި ހަމީދާއި ޝިއުނާގެ ނަން ގެންނަވައި އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ދޭ ނަމަ، ބަދަލު ހޯދުމަކީ ވެސް ދިވެހިންގެ ހައްގެކެވެ.

އީވާ އެގޮތަށް އިޝާރާތް ކުރެއްވީ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައިގެ ލިޔެކިޔުންތަކެއްގެ މައްޗަށް ކޮފީ އެޅިގެން ލިޔުންތައް ހަލާކުވި ހާދިސާއާ ގުޅުވާފައި ކަމަށް ބެލެވެ އެވެ. އެއީ އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އިރު، ފާޑު ވެސް ކީ ކަމެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ފުރިހަމަ ކަމާއި ހުރިހާ ދާއިރާއަކަށް ކަހަލަ ގޮތަކަށް، ކުރިއަށް ވުރެ ބޮޑު ބަޖެޓެއް އޮތް ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ އަންނަ އެއީ ރާއްޖެ ބަދަލުކޮށްލާނެ ބަޖެޓެއް ކަމަށެވެ. ހާއްސަކޮށް، އޭނާ ފާހަގަކުރެއްވީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތުމެވެ.

އީވާ ވިދާޅުވި ގޮތުގައި "ޖަޒީރާ ރާއްޖެ" ލާމަރުކަޒު ކުރުން ނޫން ގޮތެއް ނެތެވެ. ރާއްޖޭގެ ހުރިހާ ރަށްތަކެއް ތަރައްގީ ކުރެވެން އޮތީ ލާމަރުކަޒުކޮށްގެން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.