Roadha Mihaaru
"ރައްކާތެރި ވެށްޓެއް ހޯދައިދޭން މަސައްކަތް އެބަކުރަން"

ފަނޑިޔާރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން މަސައްކަތް އެބަ ކުރަން: ޖޭއެސްސީ

14 ނޮވެމްބަރ 2019

ފަނޑިޔާރުންނަށް ކުރިމަތިވާ ނުރައްކާތަކާއި ނުފޫޒުތަކުން ސަލާމަތްކޮށް، ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރުންނަށް ކުރިމަތިވާ ނުރައްކާތަކާއި ނުފޫޒުތަކުން ސަލާމަތްކޮށް، ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންގެ ގޭގެ ދޮރަށް ކޯރާޑިއަކުން ދާދިފަހުން ވަނީ ހަމަލާދީފަ އެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ގާޒީ އަލީ ރަޝީދުގެ ގެއަށް ދިން ހަމަލާ އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށާއި އެކަން ކުރި ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅު އަޅަން އެ ކޮމިޝަނުން ގޮވާލާ ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދާއި އޭނާގެ އާއިލާއަށް ރައްކާތެރިކަން ދިނުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ވެސް އެ ކޮމިޝަނުން ގާތުން ބަލަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ކުރިމަތިކުރާ އެކި ނުރައްކާތަކާއި ނުފޫޒުތަކުން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާ ސަލާމަތްކޮށް، ފަނޑިޔާރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް އެ ކޮމިޝަނުން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ކުރިއަށް ގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ފަނޑިޔާރުންގެ މިނިވަން ކަމަށް އަސަރުކުރާ ފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރަން ވެސް އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.