Roadha Mihaaru
އދ.ގެ ސްޕެޝަލްރެޕަޓުއާ މެލްޒާ ރާއްޖެ ވަޑައިގަންނަވަނީ

އދ. ގެ ސްޕެޝަލް ރެޕަޓުއާ މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

16 ނޮވެމްބަރ 2019

އދ. ގެ ސްޕެޝަލް ރެޕައުޓާ ނިލްސް މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އދ. ގެ ސްޕެޝަލް ރެޕައުޓާ ނިލްސް މެލްޒާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ދައުވަތަކަށް މެލްޒާ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މަޑުކުރައްވާނެ ކަމަށެވެ.

މެލްޒާގެ މި ދަތުރުގެ ބޭނުމަކީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުތަކާއި އަދަބުތައް ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު އޮޅުން ފިލުއްވުމެވެ. މެލްޒާ، ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ބައެއް ވެރިންނާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސް ބޭފުޅުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކާއި އަނިޔާ ލިބިފައި ތިބި ބައެއް މީހުންގެ އާއިލާތަކާ ވެސް މެލްޒާ ބައްދަލު ކުރައްވާނެ އެވެ.

މެލްޒާ، ރާއްޖެ އަށް ކުރައްވާ ދަތުރުގެ ރިޕޯޓު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"އަޅުގަނޑު ބޭނުން ވަނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން،" ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި މެލްޒާ ވިދާޅުވި އެވެ.