Roadha Mihaaru
އައިސިސްގެ ދިވެހި ހަނގުރާމަވެރިންތަކެއް އަމާން ދީފި

އަފްޣާނިސްތާނު ސިފައިންނަށް އަމާން ދިން އައިސިސް ހަނގުރާމަވެރިންގެ ތެރޭގައި ދިވެހިން

19 ނޮވެމްބަރ 2019

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ނަންގަރްހާރުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފެށުމާ އެކު އައިސިސްގެ އެތައް ސަތޭކަ ބަޔަކު އަމާން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް އަފްޣާނިސްތާނުގެ ބައެއް ނޫސްތަކުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ނަންގަރްހާރުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފެށުމާ އެކު އައިސިސްގެ އެތައް ސަތޭކަ ބަޔަކު އަމާން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް އަފްޣާނިސްތާނުގެ ބައެއް ނޫސްތަކުން މިއަދު ބުނެފި އެވެ.

އަފްޣާނިސްތާނުގެ ޕަޖްވޮކް ނޫހުން ބުނި ގޮތުގައި ސިފައިން އޮޕަރޭޝަން ވަރުގަދަވެ، ހަނގުރާމަވެރިންނަށް ސަލާމަތް ވެވެން ނެތުމުން 243 ހަނގުރާމަވެރިޔަކު އަމާން ދިނުމުން ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް ބުނި ނަމަވެސް އެއީ ކިތަން މީހުން ކަމެއް ބުނެފައެއް ނުވެ އެވެ.

އަމާން ދިން މީހުންގެ ތެރޭގައި ގިނައީ އަފްޣާނިސްތާނު މީހުން ކަމަށާއި ތަޖިކިސްތާނާއި އުޒްބެކިސްތާނާއި އީރާނާއި އަޒަރްބައިޖާނާއި ކަޒަކްސްތާނު މީހުން ވެސް ހިމެނޭ ކަމަށް ނޫހުގައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ބައެއް ފޮޓޯތައް ވެސް ހާމަކޮށްފައިވެ އެވެ. އެއިން ފެންނަނީ އަފްޣާނިސްތާނު މީހުން ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ތިބި ބައެކެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ވެސް ހިމެނެ އެވެ.

އަފްގާނިސްތާނުން ހައްޔަރުކުރި އައިއެސްއައިއެސް ގެ ބައެއް ހަނގުރާމަވެރިން: އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުން ބުނޭ-- ފޮޓޯ: ޕަޖްވޮކް އަފްގާން މީޑިއާ

އަފްގާނިސްތާނުން ހައްޔަރުކުރި އައިއެސްއައިއެސް ގެ ބައެއް ހަނގުރާމަވެރިން: އޭގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުން ބުނޭ-- ފޮޓޯ: ޕަޖްވޮކް އަފްގާން މީޑިއާ

މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.

އެހެން ގައުމުތަކުގައި ކުރާ ދާހިލީ ހަނގުރާމަތަކުގައި ގިނަ ދިވެހީންތަކެއް ބައިވެރިވެ އެވެ. އޭގެ ތެރެއިން އެތައް ބަޔަކު މިހާރު ވެސް ސީރިއާގައި ތާށިވެފައި އެބަ ތިއްބެވެ. އެ މީހުން އެނބުރި ރާއްޖެ އަންނަން ބޭނުންވެގެން ސަރުކާރުގައި ވަނީ އެދިފަ އެވެ.