Roadha Mihaaru
މޯދީގެ ދައުވަތަކަށް ގޯޓާބޭ އިންޑިއާ އަށް

މޯދީގެ ދައުވަތަކަށް ގޯޓާބޭ އިންޑިއާ އަށް

20 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 20) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް، ސްރީ ލަންކާގެ އާ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަންނަ ހަފުތާގައި އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 20) - އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް، ސްރީ ލަންކާގެ އާ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަންނަ ހަފުތާގައި އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

މިއީ މިދިޔަ ހޯމަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގޯޓާބޭ ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. ގޯޓާބޭ އިންޑިއާ އަށް ވަޑައިގަތުމަށް ބޮޑު ވަޒީރު މޯދީގެ ފަރާތްޕުޅުން ދައުވަތު ދެއްވީ އިއްޔެ ލަންކާ އަށް ވަޑައިގެންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރެވެ. މިއީ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ގޯޓާބޭއާ ބައްދަލު ކުރެއްވި ބޭރު ގައުމެއްގެ އެންމެ އިސް ޑިޕްލޮމެޓެވެ. މޯދީގެ ދައުވަތު ގޯޓާބޭ ވަނީ ގަބޫލް ކުރައްވައިފަ އެވެ.

ޖައިޝަންކަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯޓާބޭ އިންޑިއާ އަށް ވަޑައިގަންނަވާނީ މި މަހު 29 ވަނަ ދުވަހު ކަމަށެވެ.

ގޯޓާބޭ ވަނީ ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގޯޓާބޭގެ ބޭބޭފުޅު މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ ޗައިނާއާ ގާތްގުޅުމެއް ބާއްވައިފަ އެވެ.