ކޮލަމްބޯ (ޖެނުއަރީ 20) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ޗައިނާ އަށް އަދި ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
20 ޖެނުއަރީ 2020
ކޮލަމްބޯ (ޖެނުއަރީ 20) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ޗައިނާ އަށް އަދި ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޗައިނާ ސަރުކާރުގެ ދައުވަތަކަށް ގޯޓާބޭ އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހު އެވެ. މިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގެންނެވި ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި ވަނީ ގޯޓާބޭ ޗައިނާ އަށް ވަޑައިގަތުމުގެ ދައުވަތު ރަސްމީކޮށް ދެއްވައިފަ އެވެ.
ގޯޓާބޭގެ ދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ރަސްމީ ވާހަކަތައް ބާއްވަވާނެ އެވެ. މީގެ އިތުރުން ޗައިނާގެ ވިޔަފާރިވެރިންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މަޝްވަރާ ކުރާނެ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ، ޓޫރިޒަމް އަދި އިންފްރާސްޓްރަކްޗާ ހިމެނެ އެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔި (ވ) މިދިޔަ ހަފުތާގައި ބޮޑުވަޒީރު މަހިންދާއާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
މިއީ ރައީސްކަން ލިބިވަޑައިގެންނެވި ފަހުން ގޯޓާބޭ ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި ގައުމުން ބޭރަށް ކުރައްވާ ދެ ވަނަ ދަތުރެވެ. މިިދިޔަ އަހަރުގެ ނޮވެމްބަރު މަހު 16 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ގޯޓާބޭ ފުރަތަމަ ވަޑައިގެންނެވީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އިންޑިއާއަށެވެ.
އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ބޮޑުވަޒީރު ރާޖަޕަކްސާ އެ ގައުމަށް ވަޑައިގަންނަވާނީ ފެބްރުއަރީ 7 ވަނަ ދުވަހު އެވެ. ރާޖަޕަކްސާގެ ދަތުރުގައި ބޮޑުވަޒީރު މޯދީގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
މިއީ ނޮވެމްބަރު 18 ވަނަ ދުވަހު ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައުގަތުމަށް ފަހު ރާޖަޕަކްސާ އިންޑިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނަން: ގޯޓާބޭ
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ