ނޭޕާލުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އެއް ގްރޫޕަކަށް ލައްވާލައިފި އެވެ.
23 ނޮވެމްބަރ 2019
ނޭޕާލުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާ އެއް ގްރޫޕަކަށް ލައްވާލައިފި އެވެ.
އަނެއް ގްރޫޕުގައި އޮތީ ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާނެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ދެން ވާދަކުރާ ޕާކިސްތާނާއި އަފްގާނިސްތާނުން މި ގޭމްސްގައި ބައިވެރިނުވެ އެވެ.
ކޮންމެ ގްރޫޕެއްގައި އޮތް ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު ސެމީ ފައިނަލަށް ހޮވޭނީ އެންެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 2 ވަނަ ދުވަހު ވާދަކުރާނީ އިންޑިއާއާ އެވެ. ލަންކާއާ ދެކޮޅަށް ކުޅޭނީ 4 ވަނަ ދުވަހު އެވެ. ރާއްޖެ ވަނީ މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގެ ފައިނަލުގައި އިންޑިއާ 2-1 އިން ބަލިކޮށްފަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖް މެޗުން އިންޑިއާ މޮޅުވީ 2-0 އިންނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ލަންކާ 0-0 އިން އެއްވަރުވީ އެވެ.
ކަތުމަންޑޫގެ ދަސްރަތު ރަންގަސަލާ ސްޓޭޑިއަމުގައި ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ޑިސެމްބަރު 7 އާއި 8 ވަނަ ދުވަހު ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭނީ 10 ވަނަ ދުވަހު ދުވަހު އެވެ.
މުބާރާތުގައި ވާދަކުރާނީ ކޮންމެ ގައުމެއްގެ ވެސް 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެއަށް ވުރެ ދޮށީ ތިން ކުޅުންތެރިން ހިމެނުގެ ފުރުސަތު އޮންނާނެ އެވެ. ރާއްޖޭގެ ސީނިއާ ޓީމުގައި ވެސް ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް ތިބުމާ އެކު މި މުބާރާތަށްދާ ޓީމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.
ކުރިން ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް (ސާފް ގޭމްސް) ގެ ނަމުގައި ބޭއްވި މި މުބާރާތަކީ ދިވެހިންގެ މެދުގައި ފޯރިގަދަ އަދި ފުޓްބޯޅައިން ރާއްޖެ އަށް އެންމެ ފުރަތަމަ މެޑަލްތައް ހޯދައިދިން މުބާރާތެވެ. އެގޮތުން ނޭޕާލުގައި 1984 ވަނަ އަހަރު ބޭއްވި އެއް ވަނަ ސާފް ގޭމްސް އިން ރާއްޖެ ވަނީ ބޫޓާން 1-0 އިން ބަލިކޮށް ފުރަތަމަ ފަހަރަށް ލޯ މެޑެއްޔެއް ހޯދައިފަ އެވެ. އޭގެ ފަހުން ފުރަތަމަ ރިހި މެޑަލް ހޯދީ ސްރީ ލަންކާގައި 1991 ވަނަ އަހަރު ބޭއްވި ގޭމްސް އިންނެވެ. ލަންކާ ބަލިކޮށް ފައިނަލަށް ގޮސް ޕާކިސްތާން އަތުން 2-0 އިން ބަލިވީ ނަމަވެސް އެ ފަހަރު ރިހި މެޑަލް ލިބުމަކީ ފުޓްބޯޅައިން ރަން މެޑެއްޔެއް ހޯދުމުގެ ހުވަފެނުގެ ފެށުމެވެ.
އެކަމަކު ފަހުން މި މުބާރާތް 23 އަހަރުން ދަށުގެ މުބާރާތަކަށް ހާއްސަ ވުމާއި އަދި ފުޓްބޯޅަ އަށް ހާއްސަކޮށްގެން ސީނިއާ ޓީމުގެ މުބާރާތެއް ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި ނުވަދިހައިގެ ފަހުކޮޅު ފެށުމާ އެކު ޓާގެޓަކަށްވީ އެ މުބާރާތުގެ ތަށި ހޯދުމެވެ. ރާއްޖެ ވަނީ 2008 އަދި މިދިޔަ އަހަރު އެ މުބާރާތުގެ ތަށި ހޯދައި ރަނަށް ކުރި އުއްމީދުގައި ކުލަ ޖައްސައިފަ އެވެ.
ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް އެންމެ ފަހުން މެޑެއްޔެއް ލިބުނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ފަހަރެވެ. ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ރާއްޖެ އަށް ލިބުނީ ލޯ މެޑެއްޔެކެވެ. އެންމެ ފަހުގެ ގޭމްސްގައި، 2016 ވަނަ އަހަރު ރާއްޖެ ތިން ވަނަ ހޮވި މެޗުން ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން 5-4 އިން ބަލިވެ ދިޔައީ ހަތަރު ވަނަ އަށެވެ. އެ ފަހަރު ނޭޕާލުން ރަން މެޑަލް ހޯދި އިރު ރިހި ލިބުނީ އިންޑިއާ އަށެވެ.
ފުޓްބޯޅަ: ބަންގާޅު އަތުން ވެސް ރާއްޖެއަށް ޕޮއިންޓެއް
ސައުތު އޭޝިއަން ގޭމްސް ދެން އޮންނާނީ ޕާކިސްތާނުގައި
ފުޓްބޯޅައިން ރަނަށް ކުރި އުއްމީދު ފެނަށް!
ޒިންމާ ނަގާފައި ވެސް ސެގާޓް ދެއްކީ ބަހަނާ!
ސެގާޓުގެ ހިތްހަމަޖެހުމަކީ އަމިއްލަ ބާރު އޮތުން
ބިލިއަން މީހުންގެ ތެރޭ ހުރި އެންމެ ބާރު ދުވުންތެރިޔާ!
ސާއިދު ރަން މެޑަލް ހޯދައިފި، ތާރީޚީ ކާމިޔާބީއެއް
ފުރަތަމަ މެޗު އަބަދުވެސް އުނދަގޫވާނެ: ސެގާޓް
ފުޓްބޯޅަ: ރާއްޖެ އާއި ލަންކާ އެއްވަރުވެއްޖެ
ޝެޑިއުލް ބަދަލުކުރި މައްސަލައިގައި ސެގާޓް ރަތަށް