Roadha Mihaaru
އެމްޑީޕީގައި ވޯޓު ލީ އެންމެ 27 ޕަސެންޓް! މަދުތަ؟

އެމްޑީޕީގެ އިންތިހާބުގައި ވޯޓު ލީ އެންމެ 27 ޕަސެންޓް! މަދުތަ؟

24 ނޮވެމްބަރ 2019

"އަޅުގަނޑުމެން އިންތިހާބު ބޮއިކޮޓް ކުރީ ޕާޓީގެ ސަރުކާރުން އަޅުގަނޑުމެންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ކުރިއަށް ނުދާތީ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން،" މިއީ އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވާހަކައެއް ނޫނެވެ. މިއީ އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރު ބޭއްވި އެތެރޭގެ އިންތިހާބެއްގައި އުތުރުގެ ބޮޑު ރަށެއްގެ އެކްޓިވިސްޓުން އޭރު ބުނި ވާހަކަ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

"އަޅުގަނޑުމެން އިންތިހާބު ބޮއިކޮޓް ކުރީ ޕާޓީގެ ސަރުކާރުން އަޅުގަނޑުމެންނަށް ކޮށްދޭން ވައުދުވެފައިވާ ކަންތައްތައް ކުރިއަށް ނުދާތީ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން،" މިއީ އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވާހަކައެއް ނޫނެވެ. މިއީ އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރު ބޭއްވި އެތެރޭގެ އިންތިހާބެއްގައި އުތުރުގެ ބޮޑު ރަށެއްގެ އެކްޓިވިސްޓުން އޭރު ބުނި ވާހަކަ އެވެ.

މިފަހަރު އަނެއްކާވެސް މީހުން ސުވާލު އުފައްދަމުން ގެންދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު، ޕާޓީގެ ބޮޑުކަމާ އަޅާބަލާއިރު، މަދުކަމާ މެދުގަ އެވެ. އެމްޑީޕީން ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް، ވޯޓު ދިނީ 23،369 މެމްބަރުންނެވެ.

ނަޝީދަށް މި އަދަދުގެ ވޯޓު ލިބިވަޑައިގެންނެވި އިރު ޕާޓީގައި ވޯޓު ހައްގުވާ 87،439 މީހުން ތިބެ އެވެ. މިފަހަރު ވޯޓު ލާފައި ވަނީ ގާތްގަނޑަކަށް 27 ޕަސެންޓް މެމްބަރުންނެވެ.

އެކަމަކު އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި މީގެ ކުރިން އެއަށް ވުރެ މާ ގިނައިން ވޯޓުލާފައިވެ އެވެ. އެގޮޮތުން ބައެއް އިންތިހާބުތަކުގެ ނަތީޖާއަށް ބަލާ އިރު 58 ޕަސެންޓް މެމްބަރުން ވެސް ވޯޓުލި އެވެ. އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް 2014 ގައި ނަޝީދު ހޮވިވަޑައިގެންނެވީ 33000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އޭރު އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު އޮތީ 52،203 މީހުންނަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ނަޝީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް 2012 ގައި ހޮވި އިރު އެވެ. އެ ފަހަރު 31،798 ވޯޓު ލިބިވަޑައިގެންނެވި އެވެ. އެ އަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން އަކަށް ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ހޮވުނީ 2900 އަށް ވުރެ ގިނަ މީހުން ވޯޓުންނެވެ.

ނަޝީދު، އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައި މިދިޔަ ހުކުރު ދުވަހު ވޯޓު ލައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދު، އެމްޑީޕީ ލީޑާޝިޕް އިންތިހާބުގައި މިދިޔަ ހުކުރު ދުވަހު ވޯޓު ލައްވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު 2017 އާ އަޅާބަލާއިރު މިފަހަރު މާ ބޮޑަށް މަދުވެފައެއް ނެތެވެ. އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދާ ބެހޭ ގޮތުން ނަޝީދު ވިދާޅުވަނީ އެ ވާހަކަ އެވެ.

ތިމާވެއްޓަށް މަސައްކަތްކުރާ އަމިއްލަ ގްރޫޕެއް ކަމަށްވާ "ބެއްޔާ" އިން ޓީ-ޝާޓް ވިއްކުމުގެ ކެމްޕޭން ލޯންޗު ކުރުމަށް މޯލްޑިވިއަންގެ ސީ ޕްލޭން ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އިންތިހާބުގައި ވޯޓުލި މީހުންނަކީ ހުރިހާ އިންތިހާބެއްގައި ވެސް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ މެމްބަރުން ކަމަށެވެ. އަދި ވޯޓުލި މިންވަރާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަރައްގީވެފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތަކުގައި ޖުމްލަކޮށް އުޅޭނީ ވޯޓުގެ އާބާދީގެ ހަތް ޕަސެންޓް. މި ޕާޓީގެ އިންތިހާބުތަކުން މޮޅުކުރުމަށް ހަރަކާތްތެރިވާ 25،000 މީހުން އެތިބީ ހަމަ އެއްވެސް ބަދަލެއް ނައިސް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން އެމަނިކުފާނު ގޮންޖެއްސެވީ އިދިކޮޅު ފަރާތްތަކަށެވެ. އެގޮތުން ވިދާޅުވީ "އަޅުގަނޑު ވާދަވެރިން ކައިރީގައި އަހާލަން ބޭނުންވަނީ ތިޔަ ބޭފުޅުން 200 އެއްހާ މީހުން ނެރުއްވަން ވީ ނޫންތޯއޭ؟" ކަމަށެވެ.

ކުރީގެ އިންތިހާބުތަކުގައި ގިނަވީ ކީއްވެ؟

އެމްޑީޕީ ހިނގަމުން އަންނަ ގޮތަށް ބަލާ އިރު އެ ޕާޓީގެ ބަދަހިކަމާއި ހަރަކާތްތެރިކަން އަބަދުވެސް އެންމެ ބޮޑަށް ފެންނަނީ ގައުމީ ބޮޑެތި އިންތިހާބުތަކުގައި ނާކާމިޔާބީއާ ކުރިމަތިވާ ހާލަތުގަ އެވެ. އެންމެ ގިނަ ބަޔަކު ނުކުމެ އެތެރޭގެ އިންތިހާބުގައި ވޯޓުލީ 2012 ގައި ކަަމަށް ވާއިރު އެއީ ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު މެދުނުކެނޑި މުޒާހަރާތައް ކުރަމުން ދިޔަ އަހަރެވެ.

އެ ފޯރިގަނޑުގެ ތެރޭގައި 2013 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކަށް 31،798 ވޯޓާ އެކު ނަޝީދު ހޮވިވަޑައިގެންނެވި އިރު އެއީ ވޯޓު ލީ މީހުންގެ 98 ޕަސެންޓެވެ.

ދެން ފެންނަން އޮތް އަނެއް ހަގީގަތަކީ ވެރިކަމުގައި އެމްޑީޕީ އޮންނަ އިރު، ބައެއް ހަރަކާތްތެރިން ވޯޓުގައި ބައިވެރިނުވުމެވެ. އޭގެ މިސާލަކީ 2011 ގެ އެތެރޭގެ އިންތިހާބެވެ. އެ އިންތިހާބު ބައެއް މެމްބަރުން ބޮއިކޮޓް ކުރީ އެމްޑީޕީއަށް ބާރު ލިބުމުން ޕާޓީގެ ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން ކަމަށް، ބައެއް މެމްބަރުންގެ ވާހަކަ އިން އެނގެ އެވެ. އެކަމަކު ޕާޓީއަށް ނާކާމިޔާބުވާ ހާލަތްތަކުގައި އިސް ވެރިންނާ އެކު މެމްބަރުން ޖޯޝުގައި ނުކުމެ އެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބުގައި ބަޔަކު ވޯޓުލުމުގެ ކުރިން އެ މީހުންގެ މައުލޫމާތު އިދާރީ މޭޒުން ސާފުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލީޑާޝިޕްގެ އިންތިޚާބުގައި ބަޔަކު ވޯޓުލުމުގެ ކުރިން އެ މީހުންގެ މައުލޫމާތު އިދާރީ މޭޒުން ސާފުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޑިސެމްބަރު 23، 2011 ގައި ބޭއްވި ދީނީ އަޑު އުފުލުމުގެ އެއްވުމާ އެކު، ސަރުކާރުގެ ތާއީދު ދައްކަން ހަމަ އެ ދުވަހު އޮތް އެއްވުމުގައި ބައިވެރިވީ ވަރަށް މަދު ބައެކެވެ. އެކަމަކު އެއީ އެމްޑީޕީގެ މެމްބަރުންގެ ފޯރި ގެއްލުނީ ނޫންކަން އެނގުނީ، ފެބްރުއަރީ 7، 2012 ގައި ސަރުކާރު ވެއްޓުމުން ދެން ފެނުނު ސިލްސިލާ މުޒާހަރާތަކުންނެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަމުގައި، އެތެރޭގެ އިންތިހާބުތަކުގައި އާންމު މެމްބަރުން ވޯޓު ލާ ގޮތުގައި ތަފާތުތަކެއް އެބަ ހުއްޓެވެ.

ހުކުރުދުވަހުގެ އިންތިހާބަށް އެމްޑީޕީގެ މެމްބަރުން ނުކުތް އިރު، އެ ޕާޓީގެ މެމްބަރުންގެ އަދަދު އެ އޮތީ، 2011، 2014 އަދި 2017 އަށް ވުރެ ވެސް މަތީގަ އެވެ. އެހެންކަމުން އެންމެ 27 ޕަސެންޓް މީހުން ވޯޓު ލުމުން އެއީ މަދު އަދަދެއް ކަމަށް، ބައެއް މީހުންނަށް ގަބޫލުކުރެވެނީ އެވެ.

ނަޝީދުގެ ރަައްދު، އިދިކޮޅަށް އަންނަނީ އެހާ ހިސާބުންނެވެ. އެތެރޭގެ އިންތިހާބަށް އެންމެ 200 މީހުން ވެސް ނެރެން އެދިވަޑައިގަތީ އެހެންވެ އެވެ.