އެންސިސް އިން ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީން ވަޒީފާ އަށް އެދި 450 މީހަކު ކުރިމަތިލައިފި އެވެ.
24 ނޮވެމްބަރ 2019
އެންސިސް އިން ހުޅުމާލޭގައި ހުޅުވަން ތައްޔާރުވަމުން އަންނަ، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީން ވަޒީފާ އަށް އެދި 450 މީހަކު ކުރިމަތިލައިފި އެވެ.
އެންސިސް އިން ވަނީ އެ ކުންފުނީގެ އާ ފެކްޓަރީގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން އިއްޔެ އޯޕަން ޑޭއެއް ބާއްވައިފަ އެވެ. ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ އެ ފެކްޓްރީ އަށް ޒިޔާރަތްކޮށްފަ އެވެ.
އެންސިސް އިން ވަނީ އޯޕަން ޑޭގައި ބައިވެރިވުމަށް ފެކްޓަރީ އަށް ޒިޔާރަތްކުރި މީހުންނަށް ފެކްޓަރީގެ އެތެރެ ބަލައިލުމުގެ ފުރުސަތު ވެސް ދީފަ އެވެ. އަދި އެކުންފުނީގެ ވަޒީފާތައް ހުޅުވާލާފައިވާ ދާއިރާތަކާއި ވަޒީފާތަކާ ގުޅޭ މައުލޫމާތު ވެސް މި ހަރަކާތުގެ ބައިވެރިންނަށް އެންސިސް އިން ވަނީ ދީފަ އެވެ.
ފެކްޓްރީން ވަޒީފާ ހޯދަން ބަޔަކު ރަޖިސްޓްރީ ކުރަނީ-- ފޮޓޯ: މިހާރު
އެންސިސްގެ ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވީ އެ ކުންފުނިން މުވައްޒަފުން ނަގާއިރު ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ. އަދި ގޭގައި ތިބޭ އަންހެނުނނަށް ހަތަރު ގަޑިއިރު ފެކްޓްރީގައި މަސައްކަތް ކުރެވޭ ގޮތަށް ވަޒީފާތައް ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެންސިސްގެ އިއްޔެގެ ހަރަކާތުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ވަނީ ބައިވެރިވެފަ އެވެ.
"އަޅުގަނޑުމެން ގިނަ ވަޒީފާތައް މިވަނީ އަންހެން ބޭފުޅުންނަށް ހާއްސަކޮށްފައި. މީގެ ތެރޭގައި ގޭގައި ތިއްބަވާ ބޭފުޅުންނަށް ވަކި ވަގުތުކޮޅަކަށް ޝިފްޓް ޑިއުޓީ ގޮތަށް މަސައްކަތް ކުރެވޭނެ ވަޒީފާތައް ވެސް އެބަތިބި." ވާހިދު ވިދާޅުވި އެވެ.
އެންސިސް އިން 400 އަށް ވުރެ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވާއިރު މި ވަޒީފާތަކަށް މީހުން ހަމަނުވެއްޖެ ނަމަ ވަޒީފާތަކަށް އަލުން އިއުލާނުކުރާނެ އެވެ.
ހުޅުމާލޭގައި އެންސިސް އިން އަޅާފައިވާ ފެކްޓަރީ އަށް 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. މި ތަނުގައި މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށްފައިވާއިރު މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓެއް ވެސް ހުރެ އެވެ. މި ފެކްޓަރީން ދުވާލަކު 25 ޓަނުގެ މަސް ބަންދުކުރެވޭނެ އެވެ.
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
އެންސިސް ހުޅުމާލޭ ފެކްޓަރީއަށް މުވައްޒަފުން ހޯދަނީ!
ރައީސްގެ ނިންމެވުމަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ
މިޔަރުގެ ހިމާޔަތުގައި މުސްތޮފާއާ ދެކޮޅަށް އަޑުއުފުލަނީ
މިފްކޯ އުވާލާ، ސަރުކާރުން މަސް ގަންނާނެ ކަމެއް ނެތް!
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
ލަންކާ އަށް ރާއްޖޭން މަސް އެކްސްޕޯޓްކުރެވޭނެ
ބާނާ ހުރިހާމަހަކަށް ރަނގަޅު އަގުހޯދަން އިންވެސްޓްކުރަނީ
"ދިވެހި މަހުގެ ބާވަތްތައް މަނާކުރި ކަމެއް ނާންގާ"
މަސްވެރިކަން ވެސް، ބިލިއަން ޑޮލަރަށް ނާރަންވީ ކީއްވެ؟