ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރާއްޖޭން ބޭރުކުރާ މަހަށް ނަގާ ޓެރިފް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ގޮވާލައްވައިފި އެވެ.
29 އޯގަސްޓް 2024
ރާއްޖޭގައި ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރާއްޖޭން ބޭރުކުރާ މަހަށް ނަގާ ޓެރިފް އުވާލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ގޮވާލައްވައިފި އެވެ.
ހާއްސަ އުސޫލެއްގެ ދަށުން ލޯބޮޑު އަދި ރީނދޫއުރަހައިގެ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދޭން ކެބިނެޓުން ނިންމައި، އެކަމާ ގުޅޭ ތައްޔާރީތައް ވަނީ ވެފަ އެވެ. ނަމަވެސް ރައީސް މިއަދު ވަނީ އެ ނިންމުން ބަދަލު ކުރައްވައި ލޭނުގެ މަސްވެރިކަން ހުއްދަ ނުދޭން ނިންމަވާފަ އެވެ.
އެކަމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނަޝީދު ވިދާޅުވީ ރައީސް އެ ނިންމުން ބަދަލު ނުކުރެއްވި ނަމަ ޓޫރިޒަމް އާއި މަސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެ ކަމަށެވެ.
ރާއްޖޭން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތަށް ދޮށީގެ މަސްވެރިކަން ކުރަމުން އަޔަސް ބޮޑެތި ފެކްޓަރީ ބޯޓު ފަހަރުގައި ކަނޑުގައި ގުޑިލާ ކޮންމެ އެއްޗެއް ބާނަމުން އަންނަ އީޔޫ އާއި އިނގިރޭސިވިލާތުން ރާއްޖޭގެ މަސް އިމްޕޯޓު ކުރަން ޑިއުޓީ ނަގާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަން ވެސް ބަދަލުވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މީގެ ކުރިން ވެސް ވަނީ ރާއްޖެ އިން ބާނާ މަހަށް ޔޫރަޕުގެ ގައުމުތަކުން އަޅާފައިވާ ޓެރިފް އުވާލަން ވަކާލާތު ކުރައްވާފަ އެވެ.
އެކަން ކުރަން އުޅޭ ކަމުގެ "ފެހި ސިގްނަލެއް" ލިބިގެން ކުރީ ސަރުކާރުން މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަންނަން ވެސް ފެށި އެވެ. ނަމަވެސް މި ސަރުކާރުން ހަވާލުވެ ބުނި ގޮތުގައި ޓެރިފް ކުޑަ ކުރުމާ ގާތްވާ ހިސާބަށް ވެސް ކުރީ ސަރުކާރުން މަސައްކަތް ކޮށްފައެއް ނެތެވެ.
އޭގެ ބަދަލުގައި، މި ސަރުކާރުން ވަނީ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް"ގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ތެރެއިން ޑިޔުޓީ ކުޑަކޮށް ޔޫރަޕަށް މަސް އެތެރެވޭނެ ކުރެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
މަސްވެރިކަމުގެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް!
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
މިޔަރުގެ ވަގު ވިޔަފާރިއަށް ފުރުސަތެއް ނެތް: މިނިސްޓްރީ
ލޭނު މަސްވެރިކަމާ ދެކޮޅަށް ހުށަހެޅި މައްސަލަ ބޭރު
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!
ލޭނު އެޅުމުން ގެއްލުންވާނެ: ނަޝީދު
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ
ޑިޔުޓީ ކުޑަކުރަން އީޔޫ ސަފީރާ އެކު މަޝްވަރާކުރައްވައިފި
ހަމަހަމަ ފުރުސަތުދީ، އީޔޫގެ ޑިއުޓީ ކުޑަކުރަން އެދިއްޖެ