Roadha Mihaaru
ބޮޑެތި ޑިސްކައުންޓްތަކާއެކު މުނި ހޯމްކެއާގެ އަހަރީ ސޭލް

ބޮޑެތި ޑިސްކައުންޓްތަކާ އެކު މުނި ހޯމްކެއާގެ އަހަރީ ސޭލް ފަށައިފި

28 ނޮވެމްބަރ 2019

ބޮޑެތި ޑިސްކައުންޓުތަކާ އެކު މުނި ހޯމްކެއާ އިން "އިޔާ އެންޑް ސޭލް" ގެ ނަމުގައި ހާއްސަ ސޭލެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޮޑެތި ޑިސްކައުންޓުތަކާ އެކު މުނި ހޯމްކެއާ އިން "އިޔާ އެންޑް ސޭލް" ގެ ނަމުގައި ހާއްސަ ސޭލެއް ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް މުނި ހޯމްކެއާ އިން ކުރިއަށް ގެންދާ މި ސޭލަކީ ތަފާތު ވައްތަރުގެ ފަރުނީޗަރާއި ގެދޮރު އިމާރާތްކުރާ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް އަގު ހެޔޮކޮށް ލިބެން ހުންނަ ސޭލެކެވެ. މީގެ އިތުރުން، އޮފީސްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު ފަރުނީޗަރު ވެސް މި ސޭލް ގައި ލިބެން ހުންނާނެ އެވެ.

މުނި ހޯމްކެއާގައި ޑިސްޕްލޭކޮށްފައި ހުރި ސޯފާ ސެޓެއް-- ފޮޓޯ: މުނި ހޯމްކެއާ

މުނި ހޯމްކެއާގައި ޑިސްޕްލޭކޮށްފައި ހުރި ސޯފާ ސެޓެއް-- ފޮޓޯ: މުނި ހޯމްކެއާ

މުނި ހޯމްކެއާ އިން ބުނީ ޔޫރަޕްގެ ނަން މަޝްހޫރު ތަފާތު ބްރޭންޑުތަކުގެ ސާމާނު މި ސޭލް ގައި ލިބޭނެ ކަމަށެވެ. އެގޮތުން، މުނި ހޯމްކެއާ އިން ވިއްކާ ބަދިގޭގެ ކަބަޑް ސެޓާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ މީހަކު ބޭނުން ގޮތަކަށް ތައްޔާރު ކޮށްލެވޭ ރީތި އަލަމާރިތަކަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފެންވަރު ރަނގަޅު، މޮޅެތި އުފެއްދުންތެކެވެ.

މި މަހުގެ 20 ން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށް ސޭލް ކުރިޔަށް ގެންދާނީ މުނި ހޯމްކެއާ ލިވިން ސެންޓަރާއި މުނި ޓްރޭޑާސް އާއި، ފަރުނީޗަރު ސެންޓަރު އަދި ހުޅުމާލޭގައި ހުންނަ މުނި ހޯމްކެއާ ސޭލްސް ސެންޓަރުގަ އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފަރުނީޗަރު ވިއްކާ މުނި ހޯމްކެއާ އަކީ ފެންވަރު ރަނގަޅު ފަރުނީޗަރު އަބަދުވެސް އެންމެ ހެޔޮ އަގު ގައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ މުޅި ރާއްޖޭގެ ނަން މަޝްހޫރު އެއް ފިހާރަ އެވެ.