Roadha Mihaaru
ޑިސްކައުންޓްތަކާއެކު މުނި ހޯމްކެއާ އީދު ސޭލް ފަށައިފި

ބޮޑެތި ޑިސްކައުންޓްތަކާ އެކު މުނި ހޯމްކެއާ އީދު ސޭލް ފަށައިފި

22 ޖޫން 2022

ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ މުނި ހޯމްކެއާ އީދު ސޭލް ހޯމަ ދުވަހު ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ މުނި ހޯމްކެއާ އީދު ސޭލް ހޯމަ ދުވަހު ފަށައިފި އެވެ.

މުނި ހޯމްކެއާ އިން ބުނިގޮތުގައި، އީދު ސޭލްގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް އަންނަ އަލްހާ އީދު ފާހަގަކުރުމަށް ހާއްސަ ޑިސްކައުންޓްތަކެއް ދިނުމެވެ. އެ ޕްރޮމޯޝަންގައި ހާއްސަ ޕްރޮޑަކްޓްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ވެސް ހާއްސަ ޑިސްކައުންޓްތަކެއް މި ސޭލްގައި ލިބޭނެ އެވެ. ފަހުގެ ޓެކްނޮލޮޖީން އުފައްދާފައިވާ ކުލަ ލާން ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެތަނުން ލިބެން ހުރެ އެވެ.

އޭގެ ތެރޭގައި، ގިނަ ދުވަހު އާކޮށް ހުންނަ، ކުލަ ނުފޭދޭ، ބަލާލަން ރީތި، ފާރު ތެމިއްޖެ ނަމަ އަވަހަށް ހިއްކައިދޭ 'ވިޓެކްސް' ބްރޭންޑްގެ ބޭރު ފާރުތަކުގައި ލާ ފެންވަރު ރަނގަޅު ކުލަ ލިބެ އެވެ. އަދި ކާގެ، ބަދިގެ ނުވަތަ ފާހަނަ ފަދަ އެތެރޭގެ ތަންތަނުގައި ލާ "ވިޓެކްސް ކިޗެން އެންޑް ބާތު" ކުލަތައް ވެސް ލިބޭނެ އެވެ.

މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ލިބެން ހުންނަ ވިޓެކްސް ބްރޭންޑްގެ ކުލަ ---ފޮޓޯ: ނިޝާން އަލީ | މިހާރު

މުނި ހޯމްކެއާ ޕެއިންޓް ސެންޓަރުން ލިބެން ހުންނަ ވިޓެކްސް ބްރޭންޑްގެ ކުލަ ---ފޮޓޯ: ނިޝާން އަލީ | މިހާރު

މުނި ހޯމްކެއާ ކުލަ ފިހާރައިން ވިއްކާ ތަކެތީގެ އެންމެ ހާއްސަ ކަމަކީ ކުލައިން ބައެއް ކަހަލަ ގޭސްތައް ދޫކުރާ ކެމިކަލްތައް މަދުވުމުގެ ސަބަބުން ވަސް ދުވުން މަޑުވުމެވެ. އަދި އޭގެ ސަބަބުން އަވަހަށް ކުލަ ހިއްކާލަދީ ފާރު ރަނގަޅަށް ކަވަރު ކޮށްދިނުމަށް ވެސް މަގު ފަހިކޮށްދެ އެވެ.

މުނި ހޯމްކެއާ އީދު ސޭލް އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.