Roadha Mihaaru
ގަތަރުގެ އަމީރަށް ސައުދީ ރަސްގެފާން ދައުވަތު ދެއްވައިފި

ޖީސީސީ ސަމިޓަށް ގަތަރުގެ އަމީރަށް ސައުދީ ރަސްގެފާން ދައުވަތު ދެއްވައިފި

04 ޑިސެމްބަރ 2019

ރިޔާޒް (ޑިސެމްބަރު 4) - ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރިޔާޒަށް ވަޑައިގަތުމުގެ ދައުވަތު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޑިސެމްބަރު 4) - ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރިޔާޒަށް ވަޑައިގަތުމުގެ ދައުވަތު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދެއްވައިފި އެވެ.

ހަ ގައުމު ހިމެނޭ ޖީސީސީގެ 40 ވަނަ އަހަރީ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 10 ވަނަ ދުވަހު ސައުދީގެ ވެރިރަށް ރިޔާޒުގަ އެވެ.

ސައުދީގެ ދައުވަތު ގަތަރުން ގަބޫލްކުރި ކަމެއް އަދި ނޭނގެ އެވެ.

ޖޫން 5، 2017 ގައި ސައުދީން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހުރޭން، މިސްރު އަދި ދިވެހި ރާއްޖެ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީން ވަނީ ގަތަރާ ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ވެސް ކަނޑާލައިފަ އެވެ.

މިދިޔަ އަހަރު ރިޔާޒުގައި ބޭއްވި ޖީސީސީ ސަމިޓުގައި ގަތަރުގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް ސުލްތާން ބިން ސާދު އަލް މުރައިޚީ އެވެ.

ސައުދީ އާއި ގަތަރުގެ އިތުރުން ޖީސީސީގައި ހިމެނެނީ ބަހުރޭން، ކުވޭތު، އޮމާން އަދި ޔޫއޭއީ އެވެ.