Roadha Mihaaru
ބުނި މުއްދަތު ހަމަވެއްޖެ، އެކަމެއް ނުވި!

ސިޓީ ކައުންސިލުން ބުނި މުއްދަތު ހަމަވެއްޖެ، އެކަމެއް ނުވި!

09 ޑިސެމްބަރ 2019

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާނެ މުއްދަތެއް ސިޓީ ކައުންސިލުން ކަނޑައެޅުމުން ގިނަ ބަޔަކު ކުރީ މި ސުވާލެވެ: އެކަން ތަންފީޒު ކުރެވިދާނެތޯ އެވެ؟ މިހާރު މިވަނީ އެ ސުވާލުގެ ޖަވާބު ލިބިފަ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު އެކަމެއް ނުވި އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާނެ މުއްދަތެއް ސިޓީ ކައުންސިލުން ކަނޑައެޅުމުން ގިނަ ބަޔަކު ކުރީ މި ސުވާލެވެ: އެކަން ތަންފީޒު ކުރެވިދާނެތޯ އެވެ؟ މިހާރު މިވަނީ އެ ސުވާލުގެ ޖަވާބު ލިބިފަ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު އެކަމެއް ނުވި އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުުން މަނާކުރަން ސިޓީ ކައުންސިލުން ނިންމީ މެއި 15 ގަ އެވެ. ކައުންސިލުން އޭރު ބުނި ގޮތުގައި އެ ނިންމުމަށް އަމަލުކުރަން ފަށާނީ ހަ މަސް ފަހުންނެވެ. އެ މުއްދަތު މިދިޔަ މަހުގެ 15 އަށް ވަނީ ހަމަވެފަ އެވެ. ރާއްޖޭގެ ވެރިރަށުގެ ކައުންސިލުން އެހާ ބޮޑު ކަމެއް ނިންމި އިރު، ހަގީގަތުގައި އެ ބާރު ކައުންސިލަށް ދީފައެއް ވެސް ނުވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި މަގުތަކުގައި ދުންފަތް މަނާކުރުމުގެ ބާރު ދީފައި އޮތީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑަށެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރެވޭނީ އެ ބޯޑުން ހަދާ ގަވައިދެއްގެ ދަށުންނެވެ.

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާކުރަން ކައުންސިލުން ނިންމުމާ އެކު ބޯޑުގެ އޮފިޝަލަކު އޭރު ވިދާޅުވެފައި ވަނީ ދުންފަތުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަން މަސައްކަތްކުރާ ވާހަކަ އެވެ. އެ ބަދަލުގެ ތެރޭގައި، މަގުމަތީގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތް ހެދުން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނުސީދާ ދުމުން ރައްކާތެރިވުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. އެކަމަކު މިހާރު، މި އޮންނަނީ ރައްކާތެރިވެވޭ ގޮތަކަށް ނޫން. ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެކަން ހިމަނަން ނިންމީ އެ ސަބަބަށްޓަކައި،" ކައުންސިލްގެ ނިންމުމާ ގުޅިގެން ބޯޑުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭގެ ފަހުން ހަ މަސް ވީ އެވެ. އެ ގަވާއިދު ނިންމާލެވޭ ވަރެއް ބޯޑަކަށް ނުވި އެވެ.

Dhunfathuge isthiumaalu kurun emme furathama manaa kuranee IGMH sarahahdhugai

Dhunfathuge isthiumaalu kurun emme furathama manaa kuranee IGMH sarahahdhugai

The most trusted news source in the Maldives

Mihaaru

އައިޖީއެމްއެޗް ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އުޅޭކަމަށް ވިދާޅުވުން--

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ މަސައްކަތާ ބެހޭ ގޮތުން މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.

އެކަމަކު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ހުސެއިން ރަޝީދު، އޭނާއަށް ލިބިވަޑައިގެންފައިވާ މައުލޫމާތުގެ މައްޗަށް ބިނާކުރައްވާ، "މިހާރު" އަށް ވިދާޅުވީ ދުންފަތް ބޯޑުން ގަވާއިދު ފާސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް މާލޭގެ މަގުތަކުގައި ދުންފަތް މަނާކުރަަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލްކުރެވޭނެ ގޮތް ހަދަން ދުންފަތުގެ ބޯޑަށް ހުށައެޅީ ކޮން އިރަކު ކަމެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން ހަދަން ޖެހޭ ގަވާއިދަށް އަމަލްކުރަން ފަށާނީ ކޮން އިރަކުކަން ހާމަކޮށްފައި ނުވާ އިރު ސިޓީ ކައުންސިލުން ދާދި ފަހުން ވަނީ ދުންފަތުގެ އިސްތިއުމާލްކުރުން މާލޭގައި ފުރަތަމަ މަނާކުރާ ސަރަހައްދު ވެސް ކަނޑައަޅައިފަ އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިދިޔަ މަހު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ފުރަތަމަ މަނާކުރާނީ އައިޖީއެމްއެޗް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޝިފާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޝިފާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދޫކުރާ ދުމަކީ ނުރައްކާތެރި، އެހެން މީހުންނަށް ވަރަށް ނުރައްކާ އެއްޗެކެވެ. ނަމަވެސް އެ ނުރަައްކަލުން ސަލާމަތް ވެވޭނެ ގޮތެއް މާލޭގެ މަގުތަކުގައެއް ނެތެވެ. ބައެއް މީހުންނަށް ގެއިން ބޭރަށް އަޅާ ފިޔަވަޅާ އެކު ވަދެވެނީ ދުންގަނޑެއްގެ ތެރެއަށެވެ. އެކަކަށް ހިނގާލެވޭހާ ޖާގަ އޮންނަ ދުވާރަކީ ސިނގިރެޓް ބޯ ގިނަ ބައެއްގެ "ޖަގަހަ" އެވެ. އެ ދުންތައް ދެން ފޮނުވާލަނީ އެހެން މީހުންގެ މޫނަށެވެ.

އެކަމަކު އެ ނުރައްކަލުން އާންމުން ސަލާމަތްކުރެވެން އޮތީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުން ގަވާއިދު ފާސްކޮށް، ގެޒެޓްކޮށްގެންނެވެ.

ދުންފަތުގެ ގަވައިދުތައް ތަންފީޒެއް ނުވޭ

އާއްމު ތަންތަނާއި ހުއްދަ ނުނަގައި ކެފޭ/ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް 2013 ގައި ވަނީ ގަވާއިދެއް ހަދައިފަ އެވެ. ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ތަންތަނުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ޕާކުތަކާއި ފެރީ ޓާމިނަލްތަކާއި ސައި ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނާއި އެ ނޫން ވެސް ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގެ އިތުރުން މީހުން ގިނައިން އެއްވެއުޅޭ ތަންތަން ހިމެނެ އެވެ.

ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ އެހެން ތަންތަނުގެ ތެރޭގައި މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތި ވެސް ހިމެނެ އެވެ. ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތަކުގެ ކުރިމަތި ކަމަށް ބަލަނީ ދޮރު ހުރި ހިސާބުން ވަށައިގެން 10 ފޫޓުގެ ދުރު މިނެވެ. އެހެންކަމުން މިހާރުވެސް މާލޭގެ ބޮޑު ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަ އެވެ.

އެ ގަވާއިދުގައި ކަނޑައަޅާފައިވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ. އެ ފައިސާ ދައްކާ ގޮތަށް ހަމަޖައްސާފައި އޮންނަނީ މީރާ އަށެވެ.

ނަމަވެސް މަދު ފަހަރެއްގައި ނޫނީ އެކަންކަން ތަންފީޒެއް ނުކުރެވެ އެވެ. މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން އާންމެވެ.