Roadha Mihaaru
"ސިފައިންގެ މަރުކަޒުގައި ދިނީ ޓެރަރިޒަމްގެ ހަމަލާއެއް"

ސިފައިންގެ މަރުކަޒުގައި ދިނީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ބެލެވޭ: އެފްބީއައި

09 ޑިސެމްބަރ 2019

ފްލޮރިޑާ (ޑިސެމްބަރު 9) - ފްލޮރިޑާގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުގައި ހުކުރު ދުވަހު ދިން ހަމަލާ އަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ޑިސެމްބަރު 9) - ފްލޮރިޑާގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުގައި ހުކުރު ދުވަހު ދިން ހަމަލާ އަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

ޕެންސަކޯލާ ސައިޓުގައި ހަމަލާދީފައި ވަނީ އެ ތަނުގައި ތަމްރީނު ހަދަަމުންދިޔަ ސައުދީ މީހެކެވެ. އޭނާގެ ހަމަލާގައި ވަނީ ތިން މީހުން މަރުވެފަ އެވެ. ފުލުހުން ބަޑިޖަހައި ސައުދީ މީހާ ފަހުން ވަނީ މަރާލައިފަ އެވެ.

ސްޕެޝަލް އެޖެންޓް ރަޗެލް ރޮޖާސް ވިދާޅުވީ ސައުދީގެ އެއާފޯސްގެ ލެފްޓިނެންޓް އެ ހަމަލާ ދިނީ އޭނާ އެކަނިތޯ ނުވަތަ އޭނާއާ ގްރޫޕެއް ގުޅިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. ތަހުގީގު ޓީމުން ބޮޑަށް ބުރަވަނީ އެއީ އޭނާ އެކަނި ދިން ހަމަލާއެއް ކަމަށެވެ.

ރޮޖާސް ވިދާޅުވީ މަރުކަޒުގައި ކިޔަވާ ސައުދީގެ އެހެން ކުދިންނާ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުދިންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ހަމަލާގައި މަރުވެފައި ވަނީ ޖޯޝުއާ ކާލިބު ވޮޓްސަން، 23، މުހައްމަދު ސާމިހު ހައިތަމް، 19، އަދި ކެމެރޮން ސްކޮޓް ވޯލްޓާސް، 21، އެވެ. ހަމަލާގައި އިތުރު އަށް މީހަކު ވަނީ ޒަޚަމްވެފަ އެވެ.

ރޮޖާސް ވިދާޅުވީ ހަމަލާ ދިން 21 އަހަރުގެ މުހައްމަދު އަލްޝަމްރާނީ ގެންގުޅުނީ ހުއްދަ އޮތް ހަތިޔާރެއް ކަމށެވެ. އޭނާ ހަމަލާ ދިނީ 9އެމްއެމްގެ ބަޑިއަކުންނެވެ.

އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކިޔަވަންދޭ ބޭރު ގައުމުތަކުގެ ކުދިން ސްކްރީން ކުރުމުގެ މަރުހަލާތައް ވަރުގަދަ ކުރުމަށް އަންގަވައިފަ އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ފޮރިން މިލިޓަރީ ޕްރޮގްރާމް އަލުން މުރާޖައާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.