ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް، ފަސް ފަނޑިޔާރުންގެ ބެންޗަކުން މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
24 އޯގަސްޓް 2020
ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް، ފަސް ފަނޑިޔާރުންގެ ބެންޗަކުން މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަން ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފަ އެވެ. އެކަމަކު، އެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި، ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ފަށާއިރު، ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް ހައި ކޯޓުން ބުންޏެވެ. މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަން ހައި ކޯޓުން ކަށަވަރުކޮށް ދިނަސް، އެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުން އަދި ސާފެއް ނުވެ އެވެ.
Moosa Anwar Vs Attorney General (2020/HC-DM/02) https://t.co/MPeg4mRTER pic.twitter.com/ueYUVqzEuL
— High Court of the Republic of Maldives (@mvhighcourt) August 24, 2020
ހައި ކޯޓުގެ ޓްވީޓް
އާންމު އުސޫލުން ހައި ކޯޓުން މައްސަލަ ބަލާނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަތައް ބަލާނީ ވަރަށް މަދު ފަހަރެއްގަ އެވެ.
ދުސްތޫރީ މައްސަލައެއް ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން އެންމެ ފަހުން ބެލީ ނޮވެމްބަރު، 2015 ގަ އެވެ. އެއީ މަރުގެ އަދަބު ލުއިކޮށް ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް މައާފް ދިނުމާ އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ހުށަހެޅި މައްސަލައެއްގަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން، މި އަހަރު ބާއްވަން ހަމަޖެއްސި ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރަށް ފަސް ކޮށްފައިވާތީ، އެ ގޮނޑިތަކަށް މެމްބަރުން އަދި އިންތިޚާބެއް ނުކުރެ އެވެ.
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ ބަލައިގެންފި
އަންހެނުންނަށް ގޮނޑިތައް ޚާއްސަކުރުމުން ސުޕްރީމް ކޯޓަށް
އަންހެނުންނަށް ވަކި ގޮނޑިތަކެއް: ހުއްދަ ތަފާތުކުރުމެއް
އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލަ ހުކުމާހަމައަށް
އަންހެނުންނަށް ގޮނޑި ޚާއްސަކުރުން:ކޯޓުގައި ހޫނު ބަހުސް
ދެ ޖިންސުގެ ހަމަހަމަކަން: ރާއްޖެ 7 ދަރަޖަ ފަހަތަށް
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަންހެނުންގެ މައްސަލަތަކާ މެދު މުހިންމު މަޝްވަރާތަކެއް
ބައި އިލެކްޝަންތައް ގިނަވެ، އީސީގެ ބަޖެޓް ހުސްވަނީ!