Roadha Mihaaru
އެސްޓީއޯއަށް ނުވަ ލައްކަ ދައްކަން ނިހާނަށް ހުކުމްކޮށްފި

އެސްޓީއޯ އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ނިހާންގެ މައްޗަށް ހުކުމްކޮށްފި

10 ޑިސެމްބަރ 2019

އެސްޓީއޯ އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެސްޓީއޯ އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނިހާންގެ މައްޗަށް އެސްޓީއޯ އިން ދައުވާކުރީ ހާބަރު ފުޑް ކޯޓެއް ހިންގަން ދޫކުރި ތަނެއްގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފުޑް ކޯޓް ކުއްޔަށް ދިނުމާ ބެހޭގޮތުން އެސްޓީއޯ އާއި ނިހާނާ ދެމެދު މިދިޔަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ކުއްޔާއި ޖޫރިމަނާ ގޮތުގައި 959،000ރ. ނިހާންގެ ފަރާތުން އެސްޓީއޯ އަށް ދައްކަން ޖެހޭކަން ސާބިތުވާ ކަމަށެވެ.

އެހެންވެ، މިއަދުން ފެށިގެން ހަ މަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް ނިހާންގެ ޣައިރު ހާޒިރުގައި ކުރި އެ ހުކުމުގައިވެ އެވެ.