ލަންޑަން (ޑިސެމްބަރު 14) - އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ ދޫކޮށްލުމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑާއި ސްޕެއިނުގެ ވިންގް ޕެޑްރޯ ރޮޑްރިގޭޒް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
14 ޑިސެމްބަރ 2019
ލަންޑަން (ޑިސެމްބަރު 14) - އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ ދޫކޮށްލުމަށް އެ ޓީމަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑާއި ސްޕެއިނުގެ ވިންގް ޕެޑްރޯ ރޮޑްރިގޭޒް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް ދީފައިވާ އަދަބަށް ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އިން ލުޔެއް ދިނުމުން އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީ އަށް ކުޅުންތެރިން ގަނެވޭނެ އެވެ. އެކަމަކު އެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޗެލްސީގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.
އުމުރުން 33 އަހަރުގެ ޖިރޫޑަށް ޗެލްސީ ޓީމުން ފަހަކަށް އައިސް ފުރުސަތު ލިބެނީ މަދު ފަހަރަކު އެވެ. ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ފުރުސަތު ދެމުން އަންނަ ތަރުތީބަށް ބަލާއިރު ޖިރޫޑަކީ އެ ޓީމުގެ ތިން ވަނަ ފޯވާޑެވެ. ޖިރޫޑަށް ވުރެ ގިނައިން ޓެމީ އަބްރަހަމް އާއި މިޝީ ބަޓްޝުއާޔީ އަށް އަންނަނީ ފުރުސަތު ދެމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ލަމްޕާޑްގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު ޖިރޫޑް ދޫކޮށްލަން ކަމުގައި ވިޔަސް އޭނާ ބޭނުންވަނީ ޖެނުއަރީ މަހު އެހެން ޓީމަކާ ގުޅޭށެވެ. ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކުރިން އާސެނަލަށް ކުޅުނު ޖިރޫޑް މިހާރު ވަނީ އަންނަ މަހު އިންޓަ މިލާނަށް ބަދަލުވާން އަނގަބަހުން އެ ޓީމާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.
ލަމްޕާޑް ހަވާލުވި ފަހުން ޗެލްސީގައި ތިބި ދުވަސްވީ ކުޅުންތެރިންގެ ތެރެއިން އެންމެ މަދުން ފުރުސަތު ލިބޭ އެއް ކުޅުންތެރިއަކީ ޕެޑްރޯ އެވެ. ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ޕެޑްރޯ އެންމެ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވާން ކަމުގައި ވިޔަސް އެ ޓީމުން ކުޅުމުގެ ފުރުސަތު ނުލިބޭތީ އޭނާ ބޭނުންވަނީ ފުރަތަމަ އެގާރައިގައި ކުޅެވޭނެ ފަދަ ސްޕެއިނުގެ ޓީމަކަށް ބަދަލުވާށެވެ. ޕެޑްރޯ ހޯދަން އެސްޓަން ވިލާ އާއި ކްރިސްޓަލް ޕެލަސް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޗެލްސީ އަށް ކުޅޭ ބްރެޒިލްގެ ތަރި ވިލިއަންގެ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާއިރު، އޭނާގެ އެއްބަސްވުން އާ ކުރަން ޗެލްސީން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ.
ޖިރޫޑް ޗެލްސީ ދޫކޮށްލަންޖެހޭ ކަމަށް ޑެޝޯމްޕް ބުނެފި
މުހިއްމު މޮޅެއް ހޯދައި ޗެލްސީން ފައިދާ ނަގައިފި
ޕަލްމިއޭރީގެ ސޮއި ހޯދައި ޗެލްސީގެ މިސްރާބު ޖިރޫ އަށް
އާސެނަލަށް އޯބަމަޔަން ގެނައުމުގެ ބާރު ޖިރޫ އަތްމަތީގައި
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
ޗެލްސީގެ މޫޑްރިކް މަނާބޭހަކަށް ޕޮޒިޓިވްވެއްޖެ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ