Roadha Mihaaru
ކަންބޮޑުވަނީ ދަރިފުޅަށް ވަގުތު ނުދެވިދާނެތީ: ކަރީނާ

އެންމެ ކަންބޮޑުވަނީ ދަރިފުޅަށް ވަގުތު ނުދެވިދާނެތީ: ކަރީނާ

16 ޑިސެމްބަރ 2019

އިތުރު ދަރިއަކު ހޯދަން ޕްލޭންކޮށްފައި ނެތް ކަމަށާއި މި ވަގުތު ބޭނުން ވަނީ އަލަތު ދަރިފުޅާ އެކު ވީހާވެސް ގިނަ ވަގުތެއް ހޭދަކކޮށް ފިލްމީ ކެރިއަރަށް ވެސް ވަގުތު ދޭން ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިތުރު ދަރިއަކު ހޯދަން ޕްލޭންކޮށްފައި ނެތް ކަމަށާއި މި ވަގުތު ބޭނުން ވަނީ އަލަތު ދަރިފުޅާ އެކު ވީހާވެސް ގިނަ ވަގުތެއް ހޭދަކކޮށް ފިލްމީ ކެރިއަރަށް ވެސް ވަގުތު ދޭން ކަމަށް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

މި މަހުގެ 27 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ގުޑް ނިއުޒް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ސައިފް އަލީ ޚާންގެ އަންހެނުން ބުނީ އާއިލާ މި ވަގުތު ވަރަށް އުފާވެރި ކަމަށެވެ. ކަރީނާގެ އަލަތު ދަރިފުޅު ތައިމޫރު އަލީ ޚާނަށް އަންނަ ހުކުރު ދުވަހު ތިން އަހަރު ފުރޭނެ އެވެ.

"އެންމެ ދަރިއަކު މި ވަގުތަށް ފުދޭ. އަދި އެކަމާ ވަރަށް އުފާކުރަން. އަހަރެންގެ އާއިލާ މި ވަގުތު ވަރަށް އުފާވެރި. އަހަރެން ބޭނުންވޭ ވީހާ ވެސް ގިނައިން ތައިމޫރަށް ވަގުތު ހުސްކުރަން. އެކަން ނުކުރެވިދާނެތީ އެންމެ ކަންބޮޑުވަނީ ވެސް،" 2012 ގައި ސައިފާ ކައިވެނިކުރި ބަތަލާ ބުންޏެވެ. "އަހަރެމެން މި ވަގުތު އިތުރު ތަރިއަކު ހޯދާކަށް ވިސްނާފައެއް ނެތް. ފެމިލީ އާއި މަސައްކަތް ވެސް ބެލެންސްކުރަން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ."

ތައިމޫރަކީ އޭނާގެ އަލަތު ދަރިފުޅު ނަމަވެސް، ސައިފްގެ އިތުރު ދެ ކުދިން އެބަތިއްބެވެ. އެއީ ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ލިބުނު ސާރާ އަލީ ޚާން، 24، އާއި އިބްރާހީމް އަލީ ޚާން، 18، އެވެ. ސާރާ އަކީ މިހާރު ބޮލީވުޑްގެ ބަތަލާއެއް ވެސް މެ އެވެ.

ކަރީނާ އަކީ ކައިވެންޏަށް ފަހު ވެސް ވަރަށް ބިޒީކޮށް މަސައްކަތްކުރަމުން އަންނަ ބަތަލާއެކެވެ. އޭނާ މި ވަގުތު އާމިރު ޚާނާ އެކު "ލާލު ސިންގް ޗައްޑާ" ގެ މަސައްކަތްކުރަމުން އަންނަ އިރު، ދެން ޝޫޓިން ފަށާނެ ފިކްމަކީ ކަރަން ޖޯހަރުގެ "ތަޚުތު" އެވެ.

އަންނަ އަހަރު ކަރީނާ ފެންނާނެ ފުރަތަމަ ފިލްމަކީ މާޗް 20 ގައި ރިލީޒްކުރާ "އަނގްރޭޒީ މީޑިއަމް" އެވެ.