Roadha Mihaaru
ކަރީނާ ދެވަނަ ދަރިފުޅާ އެކު

ކަރީނާ ދެވަނަ ދަރިފުޅާ އެކު

10 މާޗް 2021

ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފި އެވެ.

މިދިޔަ މަހުގެ 21 ގައި އޭނާ ވިހޭ ފަހުން ގިނަ ބަޔަކު އަންނަނީ ދެވަނަ އަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަން އިއުލާންކުރާނެ އިރަކަށް ވެސް އިންތިޒާކުރަމުންނެވެ. އެކަމަކު އޭގެ އެއްވެސް އިޝާރާތެއް ނުދީ ހޯމަ ދުވަހު ފާހަގަކުރި އަންހެނުންގެ ދުވަހާ ގުޅުވައިގެން ދަރިފުޅު މޫނު ނުފެންނަ ގޮތަށް އުރާލައިގެން ނަގާފައިވާ ފޮޓޯއަކާ އެކު ކަރީނާ ބުނެފައި ވަނީ "އަންހެނުންނަށް ނުކުރެވޭނެ ކަމެއް ނޯންނާނެ" ކަމަށެވެ.

ކަރީނާ އާއި ސައިފް އަލީ ޚާނަށް ލިބުނު ދެވަނަ ދަރިފުޅުގެ ނަމަށް ގިނަ ބަޔަކު އިންތިޒާކުރާ ސަބަބަކީ ފުރަތަމަ ދަރިފުޅަށް ދިން ނަން އިންޑިއާގެ "ގައުމީ ބަހުސަކަށް" 2016 ގައި ވެފައިވާތީ އެވެ. އެއީ މިހާރު 4 އަހަރުގެ ތައިމޫރް އެވެ.

ކަރީނާ ވިހޭ ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނެފައި ވަނީ ދެވަނަ ދަރިފުޅަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން އަދި އާއިލާގެ މީހުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ. އެކަމަކު ނަން ދޭނީ ތައިމޫރްގެ ތަޖުރިބާ އިން ލިބުނު އިބުރަތާ އެކީގައި ކަމަށް ބުންޏެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު މަހު ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ. ބަލިވެއިންތާ ކުރީކޮޅު ކަރީނާ ވަނީ އެ ފިލްމުގެ ޝޫޓިން ނިންމާލައިފަ އެވެ.