24 ޑިސެމްބަރ 2019
ބޮއިންގެ 737 މެކްސް މަރުކާގެ ދެ ބޯޓު ވެއްޓި އެތައް ބަޔަކު މަރުވި ދެ ހާދިސާއަށް ފަހު ކުންފުންޏަށް ކުރިމަތިވެފައިވާ މައްސަލަގަނޑުން ސަލާމަތްނުވެވި، ސީއީއޯ މަގާމުން އިއްޔެ ވަކިކޮށްފި އެވެ.
ބޮއިންގެ 737 މެކްސް މަރުކާގެ ދެ ބޯޓު ވެއްޓި އެތައް ބަޔަކު މަރުވި ދެ ހާދިސާއަށް ފަހު ކުންފުންޏަށް ކުރިމަތިވެފައިވާ މައްސަލަގަނޑުން ސަލާމަތްނުވެވި، ސީއީއޯ މަގާމުން އިއްޔެ ވަކިކޮށްފި އެވެ.
އިންޑޮނީޝިއާ އާއި އިތިއޮޕިއާގައި، ފަސް މަސް ދުވަހުގެ ތެރޭގައި ހިނގި ދެ އެކްސިޑެންޓްގައި 340 މީހުން ވަނީ މަރުވެފަ އެވެ. އޮކްޓޯބަރު 29، 2018 ގައި އިންޑޮނީޝިއާގެ ލަޔަން އެއާލައިންގެ ބޯޓު ވެއްޓުނުތާ ފަސް މަސް ފަހުން، މާޗު 19، 2019 ގައި ވެއްޓުނީ އިތިއޮޕިއަން އެއާލައިންގެ ބޯޓެކެވެ.
ދެވަނަ އެކްސިޑެންޓަށް ފަހު 737 މެކްސްގެ ބޯޓުތައް އުދުހުން ވަނީ ހުއްޓުވައިފަ އެވެ. އަދި އޭގެ ފަހުން އެ މަރުކާގެ ބޯޓުތައް އުފެއްދުން ވެސް މެދުކަނޑާލި އެވެ. އެ ނިންމުމާ ގުޅިގެން މިހާތަނަށް ބޮއިން ކުންފުންޏަށް 8 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފަ އެވެ. އަދި ކުންފުނީގެ ހިއްސާގެ އަގު ވެސް ވަނީ 20 ޕަސެންޓް ވެއްޓިފަ އެވެ.
މިއީ އެމެރިކާގެ ބޮޑު ކުންފުނީގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު މައްސަލަގަނޑެވެ.
ދެ ބޯޓު ވެއްޓުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އާއިލާތަކުން ވަނީ މޫލެންބާގު ވަކިކުރުމަށް މަރުހަބާ ކިޔައިފަ އެވެ. އެކަމަކު ބައެއް މީހުން ބުނި ގޮތުގައި އެ ފިޔަވަޅު އެޅުން މާ ލަސް ވެއްޖެ އެވެ.
ބޮއިންގެ 737 މެކްސް އަކީ ކުންފުނީގެ މައިގަނޑު ވިޔަފާރީގެ މުހިންމު ބައެކެވެ. އަދި އެ މަރުކާގެ ބޯޓުތައް އުފެއްދުން މެދުކަނޑާލުމުން ގާތްގަނޑަކަށް 8،000 ކުންފުންޏަށް އޭގެ ނުބައި އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. އަދި އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލޭނެ އެވެ.
ދެ އެކްސިޑެންޓަށް ފަހު މޫލެންބާގު ގެންގުޅުއްވި ސިޔާސަތުތަކާއި ދެއްކެވި ވާހަކަތަކުގެ ސަބަބުން އާއިލާތަކުގެ އިތުރުން އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ވެސް ރުޅިއަ އެވެ. އަދި 737 މެކްސް ވަރަށް އަވަހަށް އުދުހެން ފަށާނެ ކަމަށް އޭނާ އިއުލާންކުރެއްވުމަކީ، އެ ވައްތަރުގެ ބޯޓުތަކަށް އަލުން ހުއްދަދިނުން އަވަސްކުރަން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނަށް ޕްރެޝަރުކުރެއްވުން ކަމަށް، އެ އިދާރާ އިން ދެކެ އެވެ.
އެފްއޭއޭ އިން ބުނާ ގޮތުގައި އެ ބޯޓު އުދުހެން ހުއްދަދެވޭނީ ކޮން އިރަކު ކަމެއް، އަދި ތަހުގީގު ނިމޭނީ ކޮން އިރަކުކަން ވެސް ނޭނގެ އެވެ.
ބޮއިންގެ ދެ ބޯޓު ވެއްޓުނީ އޮޓޮމެޓިކް ސިސްޓަމްގައި މައްސަލަ ޖެހި، ޕައިލެޓުންނަށް ބޯޓް ހަމަޔަކަށް އެޅުވޭނެ އެއްވެސް ފުރުސަތެއް ނުލިބި އެވެ. އެހެންކަމުން ދެ ހާދިސާގައި ވެސް ޕައިލެޓުންގެ މައްސަލައެއް ނެތް ކަމަށް ވަރަށް ބޮޑަށް ޔަގީންވެ އެވެ.
އެކަމަކު ބޮއިން އިން 737 މެކްސްގެ ސިސްޓަމްއާ ބެހޭ ހުރިހާ މައުލޫމާތެއް ފުރިހަމަ ގޮތުގައި އެފްއޭއޭއަށް އަދިވެސް ފޯރުކޮށެއް ނުދެ އެވެ. މިއީ ވެސް އެފްއޭއޭގެ ކަންބޮޑުވުމެކެވެ.
މޫލެންބާގަށް ފަހު ބޮއިންގެ ޗީފް އެގްޒެކެޓިވް އަދި އެ ކުންފުނީގެ ރައީސްކަމަށް އިސްކުރީ ޑޭވިޑް ކަލޫން އެވެ. އޭނާއަކީ 2009 އިން ފެށިގެންް ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި މިހާރުގެ ޗެއާމަން ވެސް މެ އެވެ.
"މޫލެންބާގް އިސްތިއުފާ ދެއްވުމަކީ ރަނގަޅު މިސްރާބަށް އެޅި ފިޔަވަޅަކަށް ވީ އިރު، ބޮއިން އިން އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރަން ޖެހޭކަމީ ސާފުކޮށް އެނގޭ ކަމެއް،" އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި އޭނާގެ ތިން ދަރިންނާއި މައިދަތަ މަރުވުމުގެ ހިތާމަ ލިބިފައިވާ ޕައުލް ނިޖޮރޯޖް ބުންޏެވެ.
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ކްއަންޓަސް އިން ބޮއިންއާ ދުރަށް
ނަގޫރޯޅިތައް އަރައި މޭފީލްޑް ސިޓީ ސުންނާފަތި ކޮށްލައިފި
ނަގޫރޯޅިތަކެއް އަރައި އެމެރިކާއަށް ބޮޑެތި ގެއްލުންތަކެއް
އައިޑާ ތޫފާން ލޫޒިއާނާއަށް، ބޮޑެތި ގެއްލުންތަކެއް
ބޯއިން 777 ގެ ބޯޓުތައް ގްރައުންޑް ކުރަން އަންގައިފި
ބޯއިން 737 ގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
ޑްރީމްލައިނާގެ އާ މަރުކާގެ ބޯޓު ސިންގަޕޯ އެއާލައިނަށް
ބޮއިން ކުންފުންޏާ އެކު އީރާނުން 16 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް
ރައީސްގެ އާ މަތިންދާބޯޓު ގަންނަން ޓްރަމްޕް ދެކޮޅު