04 އޮކްޓޯބަރ 2016
ރޯޒް ގީލް އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ 39 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގައި އާދަޔާޚިލާފަށް އިސްތަށިފަޅާކަން ފާހަގަކުރެވެން ފެށީ އުމުރުން 13 އަހަރުގަ އެވެ. އެ ހިސާބުން އޭނާ އަވަސްވެ ގަތީ މޫނުގައި ފަޅާ އިސްތަށިތައް ބާލައި އޮމާން ކުރުމަށެވެ. ނަމަވެސް މިއީ އަންހެންކުއްޖަކަށް އެހާ ފަސޭހަކަމެއް ނޫންކަން ރޯޒް އަށް ވިސްނުނެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް ރޭޒަރު ހިފައިގެން މޫނު އޮމާންކުރުމުގައި އޭނާއަށް ހޭދަކުރަން ޖެހުނެވެ.
ރޯޒް ގީލް އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ 39 އަހަރުގެ އަންހެނެކެވެ. އޭނާގެ ގައިގައި އާދަޔާޚިލާފަށް އިސްތަށިފަޅާކަން ފާހަގަކުރެވެން ފެށީ އުމުރުން 13 އަހަރުގަ އެވެ. އެ ހިސާބުން އޭނާ އަވަސްވެ ގަތީ މޫނުގައި ފަޅާ އިސްތަށިތައް ބާލައި އޮމާން ކުރުމަށެވެ. ނަމަވެސް މިއީ އަންހެންކުއްޖަކަށް އެހާ ފަސޭހަކަމެއް ނޫންކަން ރޯޒް އަށް ވިސްނުނެވެ. ކޮންމެ ދުވަހަކު އެތައް ވަގުތެއް ރޭޒަރު ހިފައިގެން މޫނު އޮމާންކުރުމުގައި އޭނާއަށް ހޭދަކުރަން ޖެހުނެވެ.
ކޮންމެ ދުވަހަކު ތުނބުޅި ބޭލުމުގައި 26 އަހަރު ހޭދަކުރި އެވެ. އެކަމަކު މީގެ ހައެއްކަ މަސް ކުރިން އޭނާ ވަނީ މިކަން ހުއްޓާލައިފަ އެވެ. ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާ މެދު ހިތްހަމަޖައްސާލައިފަ އެވެ.
ރޯޒްގެ ތުނބުޅި ފިރިހެނެއްގެ ތުނބުޅިއާ އެއްވަރަށް ދިގުވެއްޖެ އެވެ. ކަރު ދޮށާއި މޭމާތީގައި އަދި އަތުގައި ވެސް ވަރަށް ގަދަޔަށް އިސްތަށިފަޅައިފި އެވެ. އެކަމަކު އަލުން ރޭޒަރުގައި އަތްލާކަށް ރޯޒް ގަސްދެއް ނުކުރެ އެވެ. މިހާރު ވަނީ އަމިއްލަ ނަފްސަށް އިތުބާރު ލިބިފަ އެވެ.
އިސްތަށި ބޭލުމުގެ އިތުރުން އިސްތަށި އުފުރުމާއި ލޭޒާ ދިނުން ކަހަލަ ވަރަށް ގިނަ ފަރުވާ ވެސް ރޯޒް ހޯދި އެވެ. ނަމަވެސް އިތުރު ވޭންތަކެއް ތަހައްމަލުކުރަން ޖެހުން ފިޔަވައި އެހެން ކަމެއް ނުވި އެވެ.
ތުނބުޅި ހުއްޓަސް މިހާރު ރޯޒް އަށް އޭނާ ރީއްޗެވެ. އަދި އިސްތަށިތައް ނައްތާލަން ގިނަ ޒަމާންތަކެއް ވަންދެން ކުރި މަސައްކަތް ހުއްޓާލެވިފައިވާތީ އޭނާ ހުރީ ހިތްހަމަޖެހިގެންނެވެ. އޭރު އަބަދުވެސް އުޅެންޖެހެނީ އިސްތަށި ފަޅާތީ އެކަމާ ވިސްނޭތީ ޑިޕްރެޝަންގެ މައްސަލަތައް މެދުވެރިވެގެންނެވެ.
ސްކޫލްގައި އުޅުނު ދުވަސްވަރު ވެސް ރޯޒް އާ އެހެން ކުދިންނާ މާ ބޮޑަކަށް ނުގުޅެ އެވެ. ސަބަބަކީ އެހެންކުދިން އަޅާގޮތަށް ހެދުން އެޅުމާއި މޭކަޕްކުރުން ފަދަ ކަންތައް ރޯޒް ނުކުރާތީ އެވެ.
މޫނާއި ގައިގައި ގަދަޔަށް އިސްތަށިފަޅާކަން ސްކޫލްކުދިންނަށް އެނގުނަ ނުދިނުމަށް ރޯޒް ކޮންމެ ދުވަހަކު ކުރާ މަސައްކަތަކީ ބުރަ އެހާމެ ވަރުބަލިވާ މަސައްކަތަކަށްވީ ނަމަވެސް ސްކޫލަށް ދިޔަ ދުވަސްވަރު އެކުގައި ކިޔެވި ކުދިންނަށް ރޯޒް އެކަން އެނގުނަކަ ނުދިނެވެ.
ރޯޒް: ތުނބުޅި ހުއްޓަސް މިހާރު މައްސަލައެއް ނެތް
އާއިލާގެ މީހުންނާއި ގާތް އެކުވެރިންނަށް ވެސް ރޯޒް އުޅުނީ މިކަން ސިއްރުކޮށްގެންނެވެ. ނަމަވެސް އޭނާގެ މަންމައަށް އެއްދުވަހު ހެނދުނު ރޯޒްގެ މޫނުގެ އެއް ފަރާތެއްގައި ނުބޭލި ހުރި އިސްތަށިތަކެއް ފެނުނެވެ. އަދި ރޯޒް އަށް ދިމާވެގެން އުޅޭ މައްސަލަ އެނގުނެވެ. ނަމަވެސް އާއިލާގެ މީހުންނާ ވާހަކަ ދައްކައިގެން އޭނާގެ މައްސަލައަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރުމުގެ ބަދަލުގައި ރޯޒްގެ މަންމަ ވެސް އިޚްތިޔާރުކުރީ ހަމަހިމޭން ކަމެވެ. އަދި އާއިލާއިން ދެން އެކަން އެނގުނު އެންމެން ވެސް ނުދެނަހުރި ކަމަށް ހަދައިގެން ތިބީ އެވެ.
ރޯޒްގެ މަންމައަށް ވެދެވުނުހާ ވެސް އެހީ އަކީ އޭނާ ގޮވައިގެން ޑޮކްޓަރެއް ކައިރިއަށް ގޮސް މި މައްސަލަ ހައްލުވޭތޯ މަސައްކަތް ކޮށްދިނުމެވެ.
ރޯޒް އަށް މި މައްސަލަ ކުރިމަތިވަނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް އާއި ޖެނެޓިކްސް މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ. ނަމަވެސް ޑޮކްޓަރުން ދިން އެއްވެސްފަރުވާ އަކުން ވެސް ރޯޒްގެ މައްސަލައަށް ހައްލެއް ނުލިބުނެވެ.
ވަރަށް އަގުބޮޑު ލޭޒާ ޓްރީޓްމަންޓްތައް ވެސް ރޯޒް ހޯދި އެވެ. ނަމަވެސް އިސްތަށިތައް އުފުރާއިރު އެ އަޅާ ވޭން ފިޔަވައި އެހެން ކަމެއް ނުވި އެވެ.
މިކަމަކާ ހެދި، އުމުރުން 30 އަހަރަށް ވުރެ މައްޗަށް ދިޔައިރު ވެސް ރޯޒް މީހަކާ ރައްޓެއްސެއް ނުވެ އެވެ.
ނަމަވެސް މަޑުމަޑުން ރޯޒްގެ އާއިލާ އާއި އެކުވެރިން އަދި ރައްޓެހިވީ މީހުންނަށް ވެސް އޭނާގެ މި މައްސަލަ ހުންނަ ކަން އެނގުނެވެ. އޭގެ ފަހުން ރޯޒްއަށް ވިސްނުނީ އޭނާގެ ހަގީގީ ދުޝްމަނަކީ ޚުދް އޭނާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ރޭޒަރެއް ހިފައިގެން އިސްތަށިތައް ބޭލުމުގައި އުޅެ އުޅެ ރޯޒް ހުރީ މުޅިން ފޫހިވެފަ އެވެ.
އިސްތަށި ބޭލުން ހުއްޓާލިތާ ކުރީކޮޅު ރޯޒް އަށް އުނދަގޫވި އެވެ. އަދި ތުނބުޅި ދިގުވުމުން ކަހައި ހިރުވާ އަދި ހިތްހަމަނުޖެހޭ ކަހަލަ ގޮތްތަކެއް ކުރީކޮޅު ވަމުން ދިޔަ އެވެ.
ރޯޒް ބުނި ގޮތުގައި ތުނބުޅި ބާލައި އޮމާންކުރާހިތްވުމާ ދެކޮޅަށް ވެސް އޭނާއަށް ކުރަން ޖެހުނީ ވަރުގަދަ ހަނގުރާމަ އެކެވެ. ނަމަވެސް ހައެއްކަ ހަފުތާ މިގޮތަށް ހިތްވަރުކޮށްލުމުން އޭނާއަށް އަމިއްލަ ނަފްސަށް އިތުބާރު ލިބެން ފެށި އެވެ. އަދި ތުނބުޅިއާ ގަޔާ ވެވެން ފެށި އެވެ.
ބޭރު ތެރެއަށް ނުުކުމެ އުޅޭކަށް މިހާރު ރޯޒް ޖެހިލުމެއް ނުވޭ
މިހާރު ރޯޒްގެ އާއިލާ އާއި އެކުވެރިންނަކީ ވެސް އޭނާގެ ފޭނުންނެވެ. ހުރިހާ މީހުން ވެސް އިންތިހާއަށް އަށް އޭނާއަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދެ އެވެ. މިކަމުން ސަލާމަތްވާން ރޯޒްކުރި މިންނެތް މަސައްކަތް އެނގެނީ ޚުދް އޭނާއަށެވެ. ނަމަވެސް ތުނބުޅިއާ އެކު އޭނާ ފެންނަ މީހުން އޭނާއަށް ހިތްވަރުދޭތީ ރޯޒް ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.
"މަގުމައްޗަށް ނިކުތުމުން ބައެއް މީހުން ހުއްޓި ތިބެގެން ވަރަށް ބަލާނެ. ނަމަވެސް އެމީހުން މިކަމާ ދޭތެރޭ ދެކެނީ ވަރަށް ޕޮޒިޓިވްކޮށް. ބައެއް މީހުން އެނގޭ ކަމަށް ނުހަދާ ވެސް ދޭ،" ރޯޒް ކިޔައިދިނެވެ.
ރޯޒް ބުނި ގޮތުގައި މަގުމަތިން އޭނާއާ ބައްދަލުވާ ބައެއް މީހުން ގޮސް އޭނާއާ ސަލާމްކޮށް އޭނާގެ ހިތްވަރަށް ސާބަސްދެ އެވެ. އަދި އޭނާ އަކީ އެހެން މީހުންނަށް ނަމޫނާ މީހެއް ކަމަށް ބައެއް މީހުން ބުނާތީ ރޯޒް ވަރަށް އުފާވެ އެވެ. ރޯޒްގެ އިންސްޓަގްރާމް އެކައުންޓްގައި ވެސް އޭނާގެ ސިފައަށް ރުހި އެތައް ބަޔަކު މެސެޖްތައް ޕޯސްޓްކުރަމުންދާތީ ރޯޒްގެ އުފާވެރިކަން ވަނީ އިތުރުވެފަ އެވެ.
ވޭޕް ހުއްޓުވަން ޔޫކޭގެ ޑޮކްޓަރުން ގޮވާލައިފި
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު
އެމެރިކާ އާއި ޔޫރަޕްގައި އޮމިކްރޯންގެ ބިރު ބޮޑުވަނީ
އީ-ސިނގިރެޓް ޔޫކޭގައި މެޑިކަލް ޕްރޮޑަކްޓަކަށް ހަދަނީ
ހަތަރު މަހަށް ފަހު ޔޫކޭ ރެޑް ލިސްޓުން ސަލާމަތްވެއްޖެ
ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގާނެ ކަމަށް ލަފާކޮށްފި
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ކޮވިޑްގެ ތިންވަނަ ޑޯޒެއް ޖެހުން ފަސްކޮށްދޭން އެދިއްޖެ
"މަލްބަރޯ" ކުންފުނިން ޔޫކޭގައި ސިނގިރެޓް ހުއްޓާލަނީ
އިނގިރޭސި ވިލާތުން ކޮވިޑްގެ އާ ބާވަތެއް ފެނިއްޖެ