މަތީގައި ވާ ފޮޓޯއިން އެ ފެންނަނީ ޑެނިލް ނޮކްސް، އަލިފާންގަނޑެއްގެ ތެރެއިން ހިނގާފައި އަންނަ ތަނެވެ. މިއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. މިއީ އޮސްޓްރޭލިޔާގެ އެކި ހިސާބުތަކުގައި މިހާރު ރޯވެފައިވާ އަލިފާން ނިންވަން، ހިލޭސާބަހަށް މަސައްކަތްކުރާ އެތައް ބައެއްގެ ހިތްވަރު ދައްކައިދޭ ހަގީގީ މަންޒަރެކެވެ.
މަތީގައި ވާ ފޮޓޯއިން އެ ފެންނަނީ ޑެނިލް ނޮކްސް، އަލިފާންގަނޑެއްގެ ތެރެއިން ހިނގާފައި އަންނަ ތަނެވެ. މިއީ ފިލްމެއްގެ މަންޒަރެއް ނޫނެވެ. މިއީ އޮސްޓްރޭލިޔާގެ އެކި ހިސާބުތަކުގައި މިހާރު ރޯވެފައިވާ އަލިފާން ނިންވަން، ހިލޭސާބަހަށް މަސައްކަތްކުރާ އެތައް ބައެއްގެ ހިތްވަރު ދައްކައިދޭ ހަގީގީ މަންޒަރެކެވެ.
"އަހަރެމެން މި މަސައްކަތް މި ކުރަނީ ލޯތްބާ އެކު، މިއީ އަޚުވަންތަކަން،" ނޮކްސް ބުންޏެވެ.
"އަހަރެންގެ އެ ފޮޓޯ ނެގި އިރު، އެ އަންނަނީ 15 ގަޑިއިރު މަސައްކަތުގައި އުޅެފައި."
ނޮކްސް އަކީ އަމިއްލަ މަސައްކަތް ދޫކޮށްލުމަށް ފަހު، އަލިފާން ނިންވުމުގެ މަސްއޫލިއްޔަތާ ހަވާލުވި އަދި އިސްކަން ދިން އެތައް ހާސް މީހުންގެ ތެރެއިން އެކެކެވެ. އޭނާގެ އަސްލު މަސައްކަތަކީ ލޭންޑްސްކޭޕް ހެދުމެވެ. އެކަމަކު ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އަލިފާން ނިންވުމުގެ އެހީތެރިއެއްގެ ގޮތުގައި އުޅޭތާ މިހާރު އެތައް ހަފުތާއެއް ވީ އެވެ.
ނިއު ސައުތު ވޭލްސް ރޫރަލް ފަޔާ ސާވިސް (އެންއެސްޑަބްލިޔު، އާރުއެފްއެސް) އަކީ، ބުނެވޭ ގޮތުގައި، އަލިފާން ނިންވުމުގެ މަސައްކަތްކުރާ އެންމެ ބޮޑު ވޮލަންޓިއަރުންގެ ޖަމާއަތެވެ. އޭގެ 70،000 މެމްބަރުންނަށް ވަނީ އަލިފާން ނިންވުމުގެ ވަރުގަދަ ތަމްރީންތައް ދީފަ އެވެ.
އުމުރުން 22 އަހަރުގެ ނޮކްސް، އެ ގްރޫޕާ ގުޅުނީ އެންމެ 17 އަހަރުގައި، މީގެ ފަސް އަހަރު ކުރިންނެވެ. އޭނާ ވަނީ ސީނިއަ މެމްބަރެއް ކަމަށްވާ އެންޑްރޫ އޯޑަޔާއާ އެކު ގާތް ގުޅުމެއް އުފެދިފަ އެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން މިދިއަ ބުރާސްފަތިދުވަހު އޯޑަޔާ ވަނީ، އަލިފާން ނިންވުމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވެފަ އެވެ.
ނިއު ސައުތު ވޭލްސްގައި ރޯވެފައިވާ ބޮޑެތި އަލިފާންގަނޑުތައް ނިންވުމުގެ މަސައްކަތުގައި، މިދިއަ ސެޕްޓެމްބަަރުން ފެށިގެން ދުވާލަކު 3،000 ފަޔާފައިޓަރުން ނުކުމެ އެވެ. އެކަމަކު އަލިފާން ނުނިވި ދަނީ އަނދަމުންނެވެ. މީގެ ތެރެއިން 90 ޕަސެންޓް މީހުންނަށް އެއްވެސް ލާރިއެއް ނުލިބެ އެވެ. އެ ޖަމާއަތުގައި މުސާރަ ލިބެނީ ހަމައެކަނި ސީނިއަ މުވައްޒަފުންނަށެވެ.
އޮސްޓްރޭލިޔާގެ ޖަންގަލިތަކުގައި ހޫނު މޫސުމުގައި އަލިފާން ރޯވުމަކީ އާންމު ކަމެކެވެ. އެހެންކަމުން ހިލޭސާބަހަށް މަސައްކަތްކުރާ ފަޔާފައިޓަރުންގެ މަސައްކަތަކީ، އޮސްޓްރޭލިޔާ މީހުންގެ ދިރިއުޅުމުގެ ބަޔަކަށް އޮންނަނީ ވެފަ އެވެ.
ކުރިން ނަމަ އެއީ މާ ގިނަ ދުވަހަށް ދެމިގެންދާ، އަދި މާ ގިނައިން ރޯވާ ރޯވުމެއް ވެސް ނޫނެވެ. އެކަމަކު މި އަހަރު އަލިފާނުގެ މައްސަލަ މި ވަނީ ގައުމީ ބޮޑު ބޮލުގެ ރިހުމަކަށް ވެފަ އެވެ.
ނިއު ސައުތު ވޭލްސްއަށް ހަނަފަސްކަން ލައްވާލިތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންކަމުން އަލިފާން ރޯވުމަކީ އަދި އެ އަލިފާން ނިންވަން ނުކުތުމަކީ ވެސް އާންމު ކަމަކަށް ވަނީ ބަދަލުވެފަ އެވެ.
ނޮކްސް ބުނި ގޮތުގައި އެއްވެސް އަގެއް ނެތި އެވަރުގެ މަސައްކަތެއް، ފުރާނަ އަތަށް ލައިގެން ކުރާތީ ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެ އެވެ. އެކަމަކު އެހެން ބައިވެރިޔަކާ އެކު އެ މަސައްކަތުގައި އުޅޭ ވަގުތު އިހުސާސް ވަނީ "އަހުވަންތަ" ކަމެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.
"ކޮންމެ މީހަކަށް ވެސް އޮންނާނެ އެ މީހަކު ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު،" ނޮކްސް ބުންޏެވެ.
"އަހަރެން ހިޔާރުކުރީ އަލިފާން ނިންވުމުގައި އެހީތެރިވާން، އެއީ މުޖުތަމައުއަށްޓަކައި އަހަރެން އުފުލައިދޭ ޒިންމާއެއް."
ފުރާނަ ސަލާމަތްވީ ގުރައަކާ ހެދި
ފަޔަ ފައިޓަރުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް
އޮސްޓްރޭލިއާގެ ބިޔަ އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
އަލިފާނުގެ ހާދިސާ އަށް ކްރިސްގެ މިލިއަން ޑޮލަރު
ބިލިއަނަރު ކައިލީ ވެސް އޮސްޓްރޭލިއާ އަށް އެހީވެއްޖެ
ވާރެއާ އެކު އޮސްޓްރޭލިއާގެ އަލިފާންގަނޑަށް މަޑުޖެހުމެއް
އަލިފާން ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ
އަލިފާން ނިއްވާ އުޅަނދުގެ ސައިރެން ދޫންޏެއްގެ އަޑުން
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި