ސިޑްނީ (ޖެނުއަރީ 13) - އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުން ދިޔަ ބިޔަ އަލިފާންގަނޑު ތިން މަސް ދުވަހަށް ފަހު ކޮންޓްރޯލްކޮށްފައިވާ ކަމަށް އަލިފާން ނިއްވާ ފަރާތްތަކުން ބުނެފި އެވެ.
13 ޖެނުއަރީ 2020
ސިޑްނީ (ޖެނުއަރީ 13) - އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުން ދިޔަ ބިޔަ އަލިފާންގަނޑު ތިން މަސް ދުވަހަށް ފަހު ކޮންޓްރޯލްކޮށްފައިވާ ކަމަށް އަލިފާން ނިއްވާ ފަރާތްތަކުން ބުނެފި އެވެ.
ނިއު ސައުތު ވޭލްސްގެ ރޫރަލް ފަޔާ ސާވިސް ކޮމިޝަނާ ޝޭން ފިޒްސިމޮންސް ވިދާޅުވީ "ކުޑަ އޭރިއާއެއްގައި" އަލިފާން ރޯވެފައިވީ ނަމަވެސް ބޮޑުބައި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
ނިއު ސައުތު ވޭލްސްގައި އަލިފާން ނިއްވަން ހެލިކޮޕްޓަރުން ފެންޖަހަނީ. --ފޮޓޯ:އޭއެފްޕީ
އޮސްޓްރޭލިއާގައި ރޯވި އަލިފާނުގައި 800،000 ހެކްޓަރުގެ ސަރަހައްދެއްގައި ވަނީ ރޯވެފަ އެވެ. ގާތްގަނޑަކަށް އެއް ބިލިއަން ޖަނަވާރު މަރުވެފައިވާ އިރު އެތައް ބައިވަރު ގަހެއް ވަނީ ނެތިގޮސްފަ އެވެ.
އަލިފާން ނިއްވުމުގައި ސަރުކާރުން އެޅި ފިޔަވަޅުތައް ދޯދިޔާވުމުން ސަރުކާރަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި ބޮޑު ވަޒީރު ސްކޮޓް މޮރިސަންގެ މަގްބޫލްކަން ވަނީ ދަށްވެފަ އެވެ. ގާތްގަނޑަކަށް 59 ޕަސެންޓް މީހުން މޮރިސަންއާ މެދު ހިތްހަމަނުޖެހެ އެވެ.
ނިއު ސައުތު ވޭލްސްގައި އަލިފާން ރޯވެ އަނދަމުން ދަނީ. --ފޮޓޯ:އޭއެފްޕީ
މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހުއްޓުމެއް ނެތި އަނދަމުންދާ އަލިފާންގަނޑުގައި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީ ދިނުމުގައި އޮފިޝަލުން އަންނަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. ބޮޑެތި ސިޓީތަކުގެ ޖައްވު ވަނީ ބޯދުމުން ކިލަނބުވެފަ އެވެ.
ހަނަފަސްކަމާއި ހޫނުމޫސުމުގައި އޮސްޓްރޭލިއާގައި އަބަދުވެސް ޖަންގަލިތަކުގައި ރޯވެ އެވެ. އެކަމަކު މި ފަހަރު އެ އެނދުން އާދަޔާ ހިލާފަށް ވަނީ ބޮޑުވެފަ އެވެ.
ފުރާނަ ސަލާމަތްވީ ގުރައަކާ ހެދި
ފަޔަ ފައިޓަރުންނަށް އެހީވާން 103 މީޓަރުގެ ޕިއްޒާއެއް
އަލިފާނުގެ ހާދިސާ އަށް ކްރިސްގެ މިލިއަން ޑޮލަރު
ބިލިއަނަރު ކައިލީ ވެސް އޮސްޓްރޭލިއާ އަށް އެހީވެއްޖެ
ވާރެއާ އެކު އޮސްޓްރޭލިއާގެ އަލިފާންގަނޑަށް މަޑުޖެހުމެއް
އަލިފާން ރޯވި ޔޮޓް އަޑިއަށް ހިނގައްޖެ
އަލިފާން ނިއްވާ އުޅަނދުގެ ސައިރެން ދޫންޏެއްގެ އަޑުން
އޮސްޓްރޭލިޔާގެ އަލިފާން ނިންވުމުގައި ލޯތްބާ އެކު!
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި