Roadha Mihaaru
ބޮޑު މުސާރަ ލިސްޓުގެ ކުރީގައި ބާސާ، ރެއާލް އަދި ޔުވެންޓަސް

ބޮޑު މުސާރަ ލިސްޓުގެ ކުރީގައި ބާސާ، ރެއާލް އަދި ޔުވެންޓަސް

25 ޑިސެމްބަރ 2019

ލަންޑަން (ޑިސެމްބަރު 25) - އެވްރެޖްކޮށް އަހަރެއްގެ މައްޗަށް އެންމެ އެންމެ ބޮޑު މުސާރަދޭ ކުޅިވަރު ޓީމުތަކުގެ ލިސްޓުގެ އެންމެ ކުރީ ތިން ޖާގަ ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް ހޯދައިފި އެވެ.

ލަންޑަން (ޑިސެމްބަރު 25) - އެވްރެޖްކޮށް އަހަރެއްގެ މައްޗަށް އެންމެ އެންމެ ބޮޑު މުސާރަދޭ ކުޅިވަރު ޓީމުތަކުގެ ލިސްޓުގެ އެންމެ ކުރީ ތިން ޖާގަ ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް ހޯދައިފި އެވެ.

ސްޕޯޓިން އިންޓެލިޖެންސް 8 ކުޅިވަރެއްގެ 18 ލީގެއްގެ 350 ޓީމު ބޭނުންކޮށްގެން ހެދި ގްލޯބަލް ސްޕޯޓްސް ސެލެރީސް ދިރާސާގައި ބޭނުންކޮށްފައިވަނީ ހަމައެކަނި ކުޅުންތެރިންގެ އަހަރީ މުސާރަ އެވެ. އިތުރު ބޯނަސްތަކެއް ނުހިމަނަ އެވެ.

މި ލިސްޓުގެ އެއް ވަނަ މިދިޔަ އަހަރު ވެސް ހޯދި ބާސެލޯނާ މި ފަހަރު އެއް ވަނައިގައި އޮތީ 12.8 މިލިއަން ޑޮލަރުގެ އެވްރެޖް ބޭސިކް މުސާރައަކާ އެކު އެވެ. މިދިޔަ އަހަރު އެ ކްލަބުގެ ބޭސިކް އެވްރެޖް މުސާރައަކީ 13.7 މިލިއަން ޑޮލަރެވެ. އެ ޓީމުން އެންމެ ބޮޑު މުސާރައެއް ދެނީ އަހަރަކު 65 މިލިއަން ޑޮލަރު ދޭ ލިއޮނަލް މެސީ އަށެވެ.

ރެއާލް މެޑްރިޑް ދެ ވަނައިގައި އޮތީ 11.6 މިލިއަން ޑޮލަރުގެ ބޭސިކް އެވްރެޖް މުސާރައަކާ އެކު އެވެ. މިދިޔަ އަހަރު ނުވަ ވަނައިގައި އޮތް ޔުވެންޓަސް މި ފަހަރު ތިން ވަނަ އަށް އެރީ އެވްރެޖްކޮށް ކޮންމެ ކުޅުންތެރިޔަކަށް 10.54 މިލިއަން ޑޮލަރުގެ މުސާރައެއް ދީގެންނެވެ. އެ ޓީމު ކުރިއަށް ޖެހިލުމުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެނޫން ވެސް މުސާރަ ބޮޑު ބައެއް ކުޅުންތެރިން މި ދެ އަހަރުގެ ތެރޭގައި ގެނައުމެވެ.

ލިސްޓުގެ ގަދަ 10 އެއްގައި ދެން މުޅިން ވެސް ހިމެނެނީ އެމެރިކާގެ ބާސްކެޓްބޯޅަ ކްލަބްތަކެވެ. އެންމެ މަތީގައި ދެން އޮތީ 12 ވަނައިގައި އޮތް ފްރާންސްގެ ޕީއެސްޖީ އެވެ. އެ ޓީމުގެ އެވްރެޖް މުސާރައަކީ 8.9 މިލިއަން ޑޮލަރެވެ.

ވަރުގަދަ އެހެން ޓީމުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީ އޮތީ ލިސްޓުގެ 13 ވަނައިގަ އެވެ. އެ ކްލަބުގެ ބޭސިކް އެވްރެޖް މުސާރައަކީ 8.7 މިލިއަން ޑޮލަރެވެ. ވަރުގަދަ އެހެން ޓީމުތަކަށް ބަލާއިރު 8.1 މިލިއަން ޑޮލަރުގެ އެވްރެޖްކޮށްދީގެން ޖަރުމަނުގެ ބަޔާން މިއުނިކް 22 ވަނައިގައި އޮތްއިރު މެންޗެސްޓާ ޔުނައިޓެޑް އޮތީ 33 ވަނައިގަ އެވެ. އެ ޓީމުގެ އެވްރެޖް މުސާރައަކީ 7.6 މިލިއަން ޑޮލަރެވެ. ޔޫރަޕުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 41 ވަނައިގަ އެވެ. އެއީ 6.9 ޑޮލަރުގެ އެވްރެޖް މުސާރައަކާ އެކު އެވެ. އާސެނަލް 5.98 މިލިއަން ޑޮލަރާ އެކު 44 ވަނައިގައި އޮތްއިރު ޗެލްސީ 45 ވަނައިގައި އޮތީ 5.96 ޑޮލަރުގެ މުސާރައަކާ އެކު އެވެ.