Roadha Mihaaru
ކްލަބުތަކުން ޔޫއެފާ ދެކެ ބިރުގަންނަން ޖެހޭނެ: ޓެބާސް

ކްލަބުތަކުން ޔޫއެފާ ދެކެ ބިރުގަންނަން ޖެހޭނެ: ޓެބާސް

02 ޖޫން 2021

މެޑްރިޑް (2 މެއި) - ޔޫރަޕިއަން ސުޕަ ލީގުން ވަކި ނުވެ އޮތް ތިން ކްލަބަށް ޔޫއެފާއިން އަދަބެއް ދީފާނެތީ، އެ ކްލަބުތަކުން ބިރު ގަންނަން ޖެހޭނެކަމަށް، ލަ ލީގާގެ ރައީސް އަދި ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (2 މެއި) - ޔޫރަޕިއަން ސުޕަ ލީގުން ވަކި ނުވެ އޮތް ތިން ކްލަބަށް ޔޫއެފާއިން އަދަބެއް ދީފާނެތީ، އެ ކްލަބުތަކުން ބިރު ގަންނަން ޖެހޭނެކަމަށް، ލަ ލީގާގެ ރައީސް އަދި ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އޭޕްރީލް މަހު ޔޫރަޕްގެ 12 ކްލަބަކުން އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުން، މިހާރު ވަކި ނުވެ އޮތީ ލަ ލީގާގެ ދެ ކްލަބު ކަމަށްވާ، ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ސެރީ އާގެ ޔުވެންޓަސް އެވެ.

އަނެއް ނުވަ ކްލަބުން ވަނީ ނަން އަނބުރައި ގެންގޮސް ޔޫއެފާގެ ކިބައިން މާފަށް އެދިފަ އެވެ. ރެއާލް، ބާސާ އަދި ޔުވެންޓަސްގެ މައްސަލަ ޔޫއެފާއިން ވަނީ ތަހްގީގޮށް ނިންމައިފަ އެވެ. މިހާރު އޮތީ އަޅާނެ ފިޔަވަޅެއް ނިންމުމެވެ. ދޭނެ ކަމަށް ބެލެވޭ އަދަބަކީ ދެ އަހަރު ވަންދެން ޔޫއެފާގެ އެއްވެސް މުބާރާތެއްގައިި ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކުރުމެވެ.

ރެއާލް އާއި ބާސާއަށް އަދަބު ދޭން ތާއީދު ކޮށް މިދިޔަ ހަފުތާގައި ވާހަކަ ދެއްކެވި، ޓެބާސްގެ ރާގު މިހާރު ވަނީ ބަދަލު ވެފަ އެވެ. އޭނާ އިއްޔެ ވިދާޅުވީ، ރެއާލް އާއި ބާސާ ނެތި ޗެމްޕިއަންސް ލީގު ކުރިއަށް ދާތަން ބަލަން އޭނާ ބޭނުން ނުވާ ކަމަށެވެ.

"ޔޫއެފާއިން ދީފާނެ އަދަބަކާ މެދު ބިރު ގަންނަން ޖެހޭނެ ބަޔަކީ ރެއާލް މެޑްރިޑް އަދި ބާސެލޯނާ،" ޓެބާސް ވިދާޅުވި އެވެ.

"އަހަރެން ބޭނުމެއް ނެތް އެ ދެ ކްލަބު ނެތި ޗެމްޕިއަންސް ލީގު ކުޅެވިގެންދާތަން ބަލާކަށް. އެކަމަކު އެކަންވެސް އެގޮތަށް ވެދާނެ. ޔޫއެފާއިން ފަހަރެއްގައި އިހްތިޔާރު ކޮށްފާނެ މެޑްރިޑް ބާސާ ޗެމްޕިއަންސް ލީގުގައި ރަޖިސްޓްރީ ކޮށްނުދޭން. އަހަންނަށް ހީވަނީ އެ ދެ ކްލަބުން އެކަމާ ބިރުގަންނަން ޖެހޭނެހެން."

ބާސާގެ ރައީސް ޔޮއާން ލަޕޯޓާ މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ، މުބާރާތެއް ބާއްވަން ހިޔާލު ގެންގުޅެގެން، ޔޫއެފާއިން އަދަބެއް ދީފިނަމަ މައްސަލަ ހިފައިގެން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.