Roadha Mihaaru
އިދިކޮޅު އޮތީ ކޮޅު ބެދިފައިވާ މަގެއްގައި: އުމަރު

އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިިފައި އޮތް މަގެއްގައި، އެހެން ވިސްނުމެއް ނެރެންޖެހޭ: އުމަރު

27 ޑިސެމްބަރ 2019

އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައި އޮތް މަގެއްގައި ކަމަށާއި ހާލަތު ބަދަލު ކުރަން އެހެން ވިސްނުމެއް ނެރެންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު ކޯލިޝަން މިހާރު އޮތީ ކޮޅު ބެދިފައި އޮތް މަގެއްގައި ކަމަށާއި ހާލަތު ބަދަލު ކުރަން އެހެން ވިސްނުމެއް ނެރެންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުގައި އިންސާފު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން އުމަރު އޭނާ ފޭސްބުކްގައި ލިޔުއްވާފައިވަނީ އިދިކޮޅު ކޯލިޝަން އޮތީ ކޮޅު ބެދިފައި އޮތް މަގަކަށް ވަދެވިފައިވާ ކަމަށާއި ކުރިއަށް ދެވޭނެ ގޮތެއް އަދި ފަހަތަށް ނިކުމެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެކަމަށް އެމްޑީޕީން އުފާ ކުރާނެ ކަމަށާއި އެ ހާލަތު ބަދަލު ކުރެވޭނީ އެހެން ވިސްނުމެއް ނެރެގެން ކަމަށް ވެސް އުމަރު ލިޔުއްވާފައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހު ހުކުމްކޮށްފަ އެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ވަނީ ހުށަހަޅައިފަ އެވެ.