30 ޑިސެމްބަރ 2019
ރިސޯޓު ބަދުނާމަ ކުރަނީ ކަމަށް ބުނެ އިއްޔެ ވަޒީފާ އިން ވަކިކުރި ހޮނޑާފުށި ރިސޯޓްގެ މުވައްޒަފުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ނުކުމެއްޖެ އެވެ.
ރިސޯޓު ބަދުނާމަ ކުރަނީ ކަމަށް ބުނެ އިއްޔެ ވަޒީފާ އިން ވަކިކުރި ހޮނޑާފުށި ރިސޯޓްގެ މުވައްޒަފުގެ ދިފާއުގައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ނުކުމެއްޖެ އެވެ.
ސާވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު (169ރ.) މިދިޔަ މަހު ދިން ހޮނޑާފުށިން އިއްޔެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެ ރިސޯޓުގެ ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަހުމަދު ޝިމްހާޒް އިބްރާހިމެވެ. ތްރީ އޭ ކުންފުނިން ހިންގާ އެ ރިސޯޓުގެ ވަޒީފާ އިން އޭނާ ވަކިކޮށް، ރޭ ވަނީ ރިސޯޓުން ވެސް ބާލައިފަ އެވެ.
ތ. ގުރައިދު އަށް އުފަން ޝިމްހާޒް 29، މިއަދު ބުނީ، އޭނާ ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އެންގީ، ރިސޯޓް މުވައްޒަފުންގެ ހައްގުގައި އަޑު އުފުލުމަށް ހިންގާ "ރިސޯޓް ބޯއީޒް" ފޭސްބުކް ޕޭޖަކަށް ހޮނޑާފުށީގެ މައުލޫމާތު ދެނީ އޭނާ ކަމަށް ތުހުމަތުކޮށް، ކަމަށެވެ. އެކަމަކު، ރިސޯޓުގެ މެނޭޖުމަންޓުގެ އެ ތުހުމަތުތައް ޝިމްހާޒް ދޮގުކުރި އެވެ.
އެ ފޭސްބުކް ޕޭޖަކީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖު ނުދިނުމާއި ދޭ ސާވިސް ޗާޖުގެ މިންވަރު ކުޑަވާތީ، އެ މައްސަލައިގައި ވަރަށް ބޮޑަށް އަޑު އުފުލައި، ޕޯސްޓްތައް ކުރަމުން ދާ ޕޭޖެކެވެ. އަދި މުވައްޒަފުންނާ ދޭތެރޭ ރިސޯޓްތަކުން ވަމުންދާ އިހުމާލުތައް އެ ޕޭޖުން އާއްމުންގެ ސަމާލު ކަމަށް ގެންނަމުންދެ އެވެ.
Raees ofeehuge minister ali shiyam ge hondaafushi resort ge Service Charge haama kuri kamah bune vaguthun kandaa resortun shimaz beyru koffi. Resort muvazzafunnah haggu minvarakee mee tho?? @ali20waheed @ibusolih #JusticeForShimhaz #failedstate #corruptadministration pic.twitter.com/DnbWdJCmkx
— Rizna A. Zaid (@riz_zaid) December 29, 2019
ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް--
ގަވައިދު ބުނާގޮތުން ސާވިސް ޗާޖްގެ ގޮތުގައި ރިސޯޓަށް ބޭނުން ކުރެވޭނީ ލިބޭ އެއްޗެއްގެ އެއް ޕަސެންޓެވެ. ބާކީ ދޭން ޖެހެނީ މުވައްޒަފުންނަށެވެ. ނަމަވެސް ރާއްޖޭގައި އެގޮތަށް އަމަލު ނުކުރާ މައްސަލަ ބޮޑެވެ. ގިނަ ރިސޯޓްތަކެއްގައި މުވައްޒަފުންނަށް ދެމުން ދަނީ ސާވިސް ޗާޖްގެ ގޮތުގައި ލިބޭ އެއްޗެއްގެ މަދު ޕަސެންޓެއް ކަމަށް މުވައްޒަފުން ބުނެ އެވެ. އޭގެ ތެރޭގައި ހޮނޑާފުށި ހިމެނޭ ކަމަށް ކުރިއްސުރެ ތުހުމަތު ކުރެ އެވެ.
ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުން ދާ ބައެއް މީހުން ވަނީ ހޮނޑާފުށި ރިސޯޓް ހިންގާ ތްރީއޭ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެ ކުންފުނިން މުވައްޒަފުންގެ ސާވިސް ޗާޖް ގަވައިދާ ހިލާފަށް ބޭނުން ކުރާ ކަމަށް ތުހުމަތުވެ ސް ކޮށްފައިވެ އެވެ.
A resort worker working at Hdh. Hondaafushi was tired and evicted after revealing that workers got only $11 as service charge. The resort is owned by AAA company which is owned by senior members of MDP including Ali Shiyam, minister at the presidents office. pic.twitter.com/TGM4HnNOMj
— Hamdhan Shakeel (@HamdhanShakeel) December 30, 2019
ހޮނޑާފުށީގެ ވެރިންގެ މައުލޫމާތު ހާމަކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް---
ތްރީ އޭ ކުންފުންޏަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލީ ކުންފުންޏެކެވެ.
ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާވިސް ޗާޖް ހޯދަން މަސައްކަތް ކުރުމުން ޝިމްހާޒް ވަޒީފާ އިން ވަކިކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޝިމްހާޒަށް އިންސާފް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މުވައްޒަފުންގެ ހައްގުތައް ބަލަހައްޓަވާ އިދާރާތަކުން އޭނާގެ ހައްގު ހޯދައި ދެއްވާނެ ކަމަށް އުއްމީދު ކުރަން. އެންމެ މީހެއްގެ ހައްގު ގެއްލުމަކީ އެންމެންގެ ހައްގު ގެއްލުން ކަހަލަ ކަމެއް،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ އިސް މެމްބަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.
Hondaafushi resort ge muazzafaku service charge ge mauloomaathu haama kuri kamah buneh ehvani vazeefaain kandaalaafa! Dhen thihiri gateh dhakaala bala @ali20waheed @MoTmv @MohamedNasheed
— Sihad M_A_D_A (@sihad005) December 29, 2019
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޓެގްކޮށް މީހަކު ކުރި ޓްވީޓެއް--
ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިމްހާޒް، ވަޒީފާ އިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ހަމަ އަށް ސާވިސް ޗާޖު ނުދޭ ނަމަ އެ ވާހަކަ ދައްކާނެ. ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ،" ގާނޫނީ ވަކީލް ސިރާޖު ވިދާޅުވި އެވެ.
"މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެން ޖެހޭ."
ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓުވީޓުގައި ވަނީ، ޝިމްހާޒްގެ މައްސަލައިގައި ފިޔަވަޅު އަޅައި ދިނުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގޮވާލައްވައިފަ އެވެ. އަދި އެ މުވައްޒަފުގެ ހައްގުތައް ހިމާޔަތް ކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އެޖެންޑާ 19 އަށް ވޯޓު ދިނީމާ ރިސޯޓު މުވައްޒަފުން އަނބިމީހާ ކައިރި އަށް ނިދަން ދެވޭނެއޭ ބުނި އަޑު ވެސް އިވުނު. މީތީ އެ ގޮތަކީ؟،" ޝަހީމް ސުވާލު ކުރެއްވި އެވެ.
ޝިމްހާޒުގެ ދިފާއުގައި ނުކުމެ، އޭނާ އަށް ވަޒީފާ ދިނުމަށް ހާޑްވެއާ ކުންފުންޏެއް ކަމަށްވާ ސޭލްސްކޯ އިން ވަނީ މިހާރު ނިންމައިފަ އެވެ.
އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްގުތައް ދިފާއުގައި މަސައްކަތް ކުރުން އަގުވަޒަން ކުރުމުގެ ގޮތުން ޝިމްހާޒަށް ވަޒީފާ ދޭން ނިންމާފައިވާ ކަމަށެވެ.
ޝިމްހާޒްގެ މައްސަލާގައި އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ގާނޫނީ ގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓްގެ ގޮތުގައި ހޮނޑާފުށި ހުޅުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ރިސޯތް ހުޅުވީ އެ ރަށް ތްރީއޭ އަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ.
ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިދިޔަ ހަފުތާގައި ވިދާޅުވުމުން އެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އިސް ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ، އަލީގެ ދިފާއުގައި ނުކުމެވަޑައިގަތަސް އެ ވާހަކަތަކާ ދެކޮޅު ހަދާ ރިސޯޓުތަކުގެ މުވައްޒަފުން ދަނީ އަލީގެ އިސްތިއުފާ އަށް ގޮވަމުންނެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް އެދި މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.
ވަކިކުރީ ފޭސްބުކް ޕޭޖް ހިންގާކަމުގެ ތުހުމަތުގައި!
އަލީ ވަހީދަކީ ގާބިލް، ހިންގުންތެރި ވަޒީރެއް: ގާސިމް
"ދެއްކި ވާހަކައިގެ މާނަ އޮޅޭ ނަމަ މާފަށް އެދެން"
ސާވިސް ޗާޖުގެ ޚަބަރާ އެކު، އަލީ ވަހީދު ހޫނު ފެނަށް!
އަލީ ވިދާޅުވަނީ ސާވިސް ޗާޖުގެ މިންވަރު ރަނގަޅު ކަމަށް
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
މިނިސްޓަރުގެ ބޮޑު ތުހުމަތެއް: އަސްލު މައްސަލައަކީ ޓީމް
މުސާރަ އާއި ސާވިސް ޗާޖު ހަރުދަނާވާން ޖެހޭ: އިމްރާން
ރިސޯޓާ ކައިރި ރަށްރަށުގެ މީހުންނަށް ވަޒީފާ ދެނީ
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ