Roadha Mihaaru
ކަރަންޓާއި ފެން ބިލްގެ ނޯޓިހަކާ ގުޅިގެން ކަންބޮޑުވުން

އައްޑޫގެ ކަރަންޓާއި ފެން ބިލްގެ ނޯޓިހަކާ ގުޅިގެން ކަންބޮޑުވުންތަކެއް

30 ޑިސެމްބަރ 2019

އައްޑޫގައި ކަރަންޓާއި ފެނުގެ ހިދުމަތުގެ ބިލްތަކަށް ފައިސާ ދެއްކުމާ ގުޅޭ ގޮތުން ފެނަކަ އިން ފޮނުވި ނޯޓިހަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކަރަންޓާއި ފެނުގެ ހިދުމަތުގެ ބިލްތަކަށް ފައިސާ ދެއްކުމާ ގުޅޭ ގޮތުން ފެނަކަ އިން ފޮނުވި ނޯޓިހަކާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މި މަހުގެ ކަރަންޓާއި ފެން ބިލާ އެކު ފެނަކަ އިން ފޮނުވި ނޯޓިހުގައި ބުނީ ބިލްތައް ދައްކަން ދޭ 10 ދުވަހާއި އޭގެ ފަހުން ބިލްތައް ނުދައްކާ ނަމަ ދެވޭ ތިން ނޯޓިހުގެ ތެރޭގައި ވެސް ބިލްތައް ނުދައްކާ ނަމަ އަންނަ މަހުގެ 1 އިން ފެށިގެން ހިދުމަތްތައް ކަނޑައިލަން ނިންމާފައިވާ ކަމަށެެވެ.

"އަދި އެ ތާރީހުގެ ފަހުން، ބިލްތައް ދައްކަން މިހާރު ދީފައިވާ 30 ދުވަހުގެ މުއްދަތަށް [ބަދަލެއް] ގެނެވެން ނޯންނާނެ ކަމުގެ ވާހަކަ ދަންނަވަމެވެ." ނޯޓިހުގައިވެ އެވެ.

އެހެންވެ މިހާރު ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ބިލްތައް ނުދައްކާ ނަމަ ހިދުމަތްތައް ވަގުތީ ގޮތުން ކަނޑައިލާނެ ކަމަށް ފެނަކަ އިން ބުންޏެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ބައެއް މީހުން ބުނިގޮތުގައި ދިރާސީ އާ އަހަރެއް ފެށެން ގާތްވެފައިވަނިކޮށް ފެނަކަ އިން ރައްޔިތުންނަށް ޖެއްސީ ވަރަށް ބޮޑު ބުރައެކެވެ. އެގޮތުން ގިނަ ހަރަދުތެއް ކުރަން ޖެހިފައިވާ ދަނޑިވަޅަކާ ދިމާކޮށް އަސާސީ ހިދުމަތްތަކެއް ކަނޑާލާނެ ކަމުގެ "އިންޒާރު" ދިނުމަކީ ރައްޔިތުންނަށް މި ސަރުކާރުން ދިން ވަރަށް ނުބައި މެސެޖެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ބައެއް މީހުން ބުނިގޮތުގައި ބިލްތައް ދެއްކުން ލަސްވަނީ މާލީ ގޮތުން ހުންނަ ދަތިތަކާ ހެދި ކަމަށްވާތީ، ކުއްލިއަކަށް ހަރުކަށި އުސޫލެއް ހަމަޖެއްސުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.