ދައުލަތުގެ އެކި މުއައްސަސާތަކަށް 1،000 އަށް ވުރެ ގާނޫނީ ލަފާ މިދިޔަ އަހަރު ދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
03 ޖެނުއަރީ 2020
ދައުލަތުގެ އެކި މުއައްސަސާތަކަށް 1،000 އަށް ވުރެ ގާނޫނީ ލަފާ މިދިޔަ އަހަރު ދީފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެކި މުއައްސަސާތަކުން 1،082 ކަމަކާ މެދު ގާނޫނީ ލަފައަށް އެދިފައިވާއިރު، އޭގެ ތެރެއިން 1،003 ކަމަކާ ގުޅޭގޮތުން ލަފާ ދީފައިވެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން އެކި ކަންކަމުގައި 452 ލަފައެއް ދީފައިވާއިރު، ދެވަނައަށް އެންމެ ގިނައީ އެއްބަސްވުންތަކާ ގުޅިގެން ދީފައިވާ ގާނޫނީ ލަފާތަކެވެ. އެއްބަސްވުންތަކާ ގުޅިގެން 354 ލަފައެއް އޭޖީ އޮފީހުން މިދިޔަ އަހަރު ދިނެވެ. ގަވާއިދުތަކާ ބެހޭގޮތުން 103 ލަފައެއް، އުސޫލުތަކާ ގުޅޭ 52 ލަފައެއް ދިންއިރު، ބިލް ތަސްދީގު ކުރުމާ ބެހޭގޮތުން 27 ލަފައެއް ދީފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ދައުލަތާ ގުޅުންހުރި ކަންކަމުގައި ސަރުކާރަށް ގާނޫނީ ލަފާ ދިނުމުގެ ޒިންމާ އޮންނަނީ ބަންޑާރަ ނައިބަށެވެ. ވަޒީރުންގެ ތެރެއިން ގާނޫނުއަސާސީގައި އެ މަގާމެއް ބަޔާން ކޮށްފައިވާ ހަމައެކަނި މަގާމަކީ ވެސް ބަންޑާރަ ނައިބެވެ.
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
އިންތިހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ބަންޑާރަ ނައިބުގެ ރާގު ބަދަލުވުމުން މެމްބަރުން ރަތަށް!
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
ހައްގު ނޫން ބަދަލަކަށް ލަފައެއް ނުދޭނަން: އޭޖީ
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
ދީބާޖާގެ މައްސަލަ ހައްލުކުރަން އޭޖީން އެދުނު ސިޓީއެއް