އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، އައިޑީކާޑު ހަދައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.
07 ޖެނުއަރީ 2020
އަންނަ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، އައިޑީކާޑު ހަދައި ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން އެދެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި، ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ބަދަލެއް ގެނެސް، އައިޑީކާޑު ހަދައި ނިންމުމަށް ވަނީ އެދިފަ އެވެ.
އެ އިއުލާނުގައިވާ ގޮތުން، ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަށް މިމަހުގެ 15 ގެ ފަހުން އެއްވެސް ބަދަލެއް ގެނައުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރާއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް 929 މެމްބަރުން އިންތިޚާބު ކުރާނެ އެވެ.
އެންމެ ގިނައިން ނަން ނެގީ އެމްޑީޕީގެ މެމްބަރުން
ކައުންސިލް އިންތިޚާބަށް 2،400 މީހުން ކުރިމަތިލައިފި
ވޯޓުފޮށި މިހާތަނަށް ބެހެއްޓޭވަރުވީ އެންމެ ރިސޯޓެއްގައި
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
ވޯޓު އޮބްޒާވްކުރަން ލެޕްޓޮޕް ވެއްދޭނެ: އިލެކްޝަންސް
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އައްޑޫގައި ވެސް ވޯޓުގެ މާ ބޮޑު ފޯރިއެއް ނެތް
މިދަނީ އިންތިޚާބުގެ ފަހުގެ ތައްޔާރީތައް ވަމުން: އީސީ
އައްޑޫގެ އިތުރު ދެ ކެންޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ
ނަން އަނބުރާ ގެންދިއުން އަންނަ މަހު 11 އަށް