Roadha Mihaaru
ދަ ކިޗެން އިން ކެއުން 99ރ. އަށް

ދަ ކިޗެން އިން މާދަމާ އިން ފެށިގެން ކެއުން އެންމެ 99ރ އަށް!

11 ޖެނުއަރީ 2020

ދަ ކިޗެން އިން ބޮޑު ޑިސްކައުންޓަކާ އެކު "އޯލް ޑޭ އެކްސްޕްރެސް" ގެ ނަމުގައި މާދަމާ އިން ފެށިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަ ކިޗެން އިން ބޮޑު ޑިސްކައުންޓަކާ އެކު "އޯލް ޑޭ އެކްސްޕްރެސް" ގެ ނަމުގައި މާދަމާ އިން ފެށިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މި ޕްރޮމޯޝަނުގައި އެ ރެސްޓޯރެންޓުން މީހަކަށް ތިން ކޯސް މީލްއެއް އެންމެ 99ރ. އަށް ލިބޭނެ އެވެ. މީގެ ތެރޭގައި "ސޫޕް އޮފް ދަ ޑޭ" އާއި "މެއިން ޑިޝް" ގެ އިތުރުން "ޑެޒާޓް އޮފް ދަ ޑޭ" ހިމެނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާދަމާ ހެނދުނު 11:00 އިން ފެށިގެންނެވެ.

ދަ ކިޗެން އިން ތަފާތު އެކި ކުޒީންތައް ލިބެން ހުންނާނެ-- ފޮޓޯ: ދަ ކިޗެން

ދަ ކިޗެން އިން ތަފާތު އެކި ކުޒީންތައް ލިބެން ހުންނާނެ-- ފޮޓޯ: ދަ ކިޗެން

ދަ ކިޗެން އިން ވަނީ އެ ރެސްޓޯރެންޓުގައި ޕާޓީ ބާއްވާ އަދި ކޭޓަރިންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ހާއްސަ ޕްރޮމޯޝަނެއް ފަށައިފަ އެވެ. އެގޮތުން އެ ރެސްޓޯރެންޓުގައި ޕާޓީ ބާއްވާ މީހުންނަށް ކޯކޯ ޝީކް ސެލޫންގެ ވެޑިން ޕެކޭޖުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި އަމިއްލައަށް މެނޫ ކަސްޓަމައިޒް ވެސް ކުރެވޭނެ އެވެ.

ކޮކޯ ޝީކް އާއި ދަ ކިޗެން އަކީ އެއް ކުންފުންޏެއްގެ ދަށުން ހިންގާ ދެ ތަނެވެ.

ދަ ކިޗެންގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ކެއުންތައް ލިބެން ހުރެ އެވެ.

އެ ރެސްޓޯރެންޓުން މިހާރު ވަނީ ޑެލިވަރީގެ ހިދުމަތް ވެސް ފަށައިފަ އެވެ.

ދަ ކިޗެން އިން ބުނި ގޮތުގައި އެހެން ރެސްޓޯރެންޓުތަކާ އަޅާބަލާއިރު އެތަނުގެ ރަހަ ތަފާތުވާނެ އެވެ. އަދި ހިފަހައްޓަމުން އަންނަ ކޮލިޓީއާ އެހެން ބަޔަކަށް ވާދަނުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް ދެ އެވެ.

ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދަ ކިޗަން އިން ދޭތެރެދޭތެރެއިން ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.