12 ޖެނުއަރީ 2020
އަންނަ އޭޕްރީލްް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީގައި ވާދަކުރަން 1،300 އަށް ވުރެ ގިނަ މީހުން ފޯމު ލައިފި އެވެ.
އަންނަ އޭޕްރީލްް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީގައި ވާދަކުރަން 1،300 އަށް ވުރެ ގިނަ މީހުން ފޯމު ލައިފި އެވެ.
އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު މިއަދު ވިދާޅުވީ، ސުންގަޑި ހަމަވިއިރު، ޕްރައިމަރީގައި ބައިވެރިވާން ހުށަހެޅި ފޯމުގެ ތެރެއިން 1،364 ފޯމު ބަލައިގެންފައިވާ ކަމަށެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ރޭ ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ ޕްރައިމަރީގައި އެހާ ގިނަ ބަޔަކު ބައިވެރިވުމަކީ "އެޖެންޑާ 19 ޕްރޮމޯޓްކުރަން ހިންގާ ހަރަކާތުގައި ކޯލިޝަންގެ މެމްބަރުން ބައިވެރި ނުވާން " އިދިކޮޅުން ގޮވައިލި ގޮވައިލުމަށް ދިން ރައްދެއް ކަމަށެވެ.
އޭނާ އެހެން ވިދާޅުވީ، އެމްޑީޕީގެ "އެޖެންޑާ 19" ޕްރޮމޯޓް ކުރަން ހިންގާ ހަރަކާތްތަކުގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ބައިވެރި ނުވާން އެދި ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނަކަށް ދިން ރައްދެއްގަ އެވެ.
ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލް އިންތިހާބުގެ 980 މަގާމަށް 1،400 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.
Thi ilthimas ah rayyithunge furathama Rahdhdhu! Council Inthikhab ge 980 magaam ah MDP ticket hoadumah 1400 vure gina meehun kurimathi laifi! https://t.co/CYx92kg0r7
— Ali Niyaz ? (@ali_niya) January 11, 2020
ޕްރައިމަރީގައި ބައިވެރިވާން ފޯމު ލުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އެމްޑީޕީން ފުރަތަމަ ކަނޑައެޅި ސުން ގަޑި އަކީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު 6:00 އެވެ. އެކަމަކު، އެ ދުވަހުގެ ހަވީރު ވީ އިރު ވެސް ގިނަ އަދަދެއްގެ މީހުން ކިއުގައި ތިބުމުން ރޭގަނޑު 9:00 އާ ހަމައަށް އިތުރު ކުރި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ބައިވެރިވާން ފޯމްލާން ގޮސްތިބި ބަޔަކު އެޕާޓީގެ އޮފީސް ކައިރީގައި ކިއު ހަދާފައި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ.
ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ބަދަލު ގެނެސް، މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ވަކިން ހޮވާ ގޮތަށް ހަމަޖެއްސުމާއި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރުން ފަދަ ސަބަބުތަކާ ހެދި މި އަހަރުގެ އިންތިހާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެގޮތުން މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގެ މޭޔަރުންގެ ގޮނޑި އަށް އެމްޑީޕީގެ ވަރުގަދަ އެތައް ބޭފުޅުންނެއް ވާދަކުރައްވަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު 2020 އަށް އެމްޑީޕީގެ ޓިކެޓް ދޭން ބާއްްވާ ޕްރައިމަރީއަށް ބަޔަކު ފޯމް ލަނީ.
އިލެކްޝަންސް ކޮމިޝަނުން އާއްްމު ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އެމްޑީޕީ ގައި 53،000 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވެ. ބެލެވޭ ގޮތުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު ވާނީ އެ އަށް ވުރެ އިތުރުވެފަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް އަތޮޅުތަކަށް ކުރާ ފުރަތަމަ ދަތުރު މިއަދު ފަށާނެ ކަމަށް އެމްޑީޕީން ބުންޏެވެ. ރާއްޖޭގައި އެންމެ ފަހުން ބޭއްވި ދެ އިންތިހާބު ކާމިޔާބުކުރީ އެ ޕާޓީންނެވެ. އެއީ 2018 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބާއި މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބެވެ.
އެމްޑީޕީގެ ހާއްޔަށް ޕީޕީއެމުން ބިސް އަޅައިފި
އެމްޑީޕީއާ އެކު ސިޓީ ކައުންސިލް ތަފާތުވާނެ: އަނަސް
އެމްޑީޕީގެ ކެންޑިޑޭޓަކު ވޯޓަކާ ނުލައި ހޮވިއްޖެ
އިންތިހާބުގެ 80 ޕަސެންޓު ނަގާނީ އެމްޑީޕީ: ރައީސް
އެމްޑީޕީގެ އަމަލީ ކެމްޕޭން ހުއްޓާލައި ސޯޝަލް މީޑިއާއަށް
3 ކެންޑިޑޭޓުން ބާތިލްކޮށް، ޓިކެޓް އައިޝަތު މޫސާ އަށް
ރަތަފަންދޫ ކައުންސިލްގެ ޕްރައިމަރީ ބާތިލްކުރަން އެދިއްޖެ
ވޯޓު ފޮށިތައް އަންދާލީ ޖޯޝް ގަދަވެގެން: ނަޝީދު
އެމްޑީޕީގެ 400 ޓިކެޓަށް ވާދަކުރާކަށް ނުޖެހުނު
ކެމްޕެއިނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭ:އިދިކޮޅު