Roadha Mihaaru

ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފުތާގައި މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

14 ޖެނުއަރީ 2020

މިދިޔަ ހަފުތާގައި މާލޭގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެގެން މަގުމަތީގައި މީހަކަށް އަނިޔާކުރި އެ މައްސަލާގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ފުލުހުން ބުނީ އިތުރު ހަ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިއަދު ކަމަށެވެ.

ބޭންކް އޮފް ސިލޯން (ބީއޯސީ) ކައިރީ ބުރާސްފަތި ދުވަހުގެ މެންދަމު 12:30 ހާ އިރު ހިންގި އެ މާރާމާރީގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އޭގައި ފެންނަނީ ފިރިހެނަކަށް ހަމަލާދީ މަގުމައްޗަށް ވައްޓާލައި ބޮޑު ގްރޫޕެއް އޭނާގެ ވަށައިގެން ތިބެ އަތާއި ކޮޅުފައިން ތަޅައި އަނިޔާކުރަނިކޮށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.