Roadha Mihaaru

އަނެއްކާވެސް ގްރޫޕަކުން މީހަކަށް ހަމަލާ ދީފި

މާލޭގައި މިއަދު ގްރޫޕަކުން މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަނެއްކާވެސް ގްރޫޕަކުން މީހަކަށް ހަމަލާ ދީފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

14 ޖެނުއަރީ 2020

މާލޭގައި މިއަދު ގްރޫޕަކުން މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ބޮޑުތަކުރުފާނު މަގުގައި 23 އަހަރުގެ މީހަކަށް ބަޔަކު ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެކަމަކު ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ގްރޫޕަކުން މީހަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވިއިރު، މިދިޔަ ހަފުތާގައި ވެސް ގްރޫޕަކުން މަގުމަތީގައި މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. އެ މައްސަލާގައި އަށް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.