ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ހަތަރު ވަނަ މީހަކަށް ހިމަ ބިހި ޖެހިފައިވާކަން މިއަދު ކުރި ޓެސްޓްތަކުން އެނގިއްޖެ އެވެ.
18 ޖެނުއަރީ 2020
ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފެށި ފަހުން ހަތަރު ވަނަ މީހަކަށް ހިމަ ބިހި ޖެހިފައިވާކަން މިއަދު ކުރި ޓެސްޓްތަކުން އެނގިއްޖެ އެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ހިމަބިހި ޖެހުނު މީހުން އުޅުނު ސަރަހައްދާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ޓެސްޓްކުރަން އެ ހިސާބުން ފެށި އެވެ. މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ތިން މީހެކެވެ.
މިފަހަރު ހިމަބިހި ޖެހުނީ ކޮން އުމުރެއްގެ މީހަކަށް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިއަދު ހިމަބިއްސަށް ޓެސްޓްކުރި އަށް މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ބައްޔަށް އިއްޔެ ވެސް 11 މީހކު ޓެސްޓްކުރި އެވެ. އެކަމަކު އިއްޔެ ޓެސްޓްކުރި އެއްވެސް މީހަކަށް އެބަލި ޖެހިފައެއް ނުވެ އެވެ.
ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށުމުން އެ ބަލިން ދިފާއުވާ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ބޮޑަށް އިސްކަންދީގެން ވެކްސިން ދޭނީ އުމުރުން 25 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގެންނަ ވެކްސިން ޝިޕްމަންޓް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭ ވަރު ވާނެ ކަމަށް ހެލްތު މިނސްޓްރީން މިދިޔަ ހަފްތާގައި ބުންޏެވެ.
ވެކްސިން ޖެހުމަށް މިނިސްޓަރު އިލްތިމާސް ކުރައްވައިފި
އިންޑިއާއިން ހިމަބިހި ވެކްސިންގެ 30،000 ޑޯޒް ދީފި
ތިންވަނަ މީހަކަށް ހިމަބިހި ޖެހިއްޖެ
ދަމަނަވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި
ހިމަބިހި ޖެހިފައިވާ މީހަކު އަނެއްކާ ވެސް ފެނިއްޖެ
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން
އިންޑިއާ އިން 30،000 ވެކްސިން ޑޯޒް ހަދިޔާކޮށްފި